Last Updated: September 8, 06:39
Sunday, September 8, 2024
ޚަބަރު

ބިދޭސީއެއްގެ ފޯނު ފޭރުނު ބަޔަކު ހައްޔަރުކޮށްފި

އިއްޔެ ހުކުރު ގަޑީގައި މާލޭގެ މަގެއްގެ މަތިން ބިދޭސީއެއްގެ ފޯނު ފޭރުނު ބަޔަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މެންދުރު 12:38 ހާއިރު ފޯނު ފޭރިގަތީ ބިދޭސީ މީހާ ހިނގާފައި ދަނިކޮށް ކަމަށެވެ. އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ދިވެހި ދެ ފިރިހެނުންނެވެ. އެއީ 32 އަހަރުގެ މީހަކާއި 36 އަހަރުގެ މީހެކެވެ.

އެ މީހުން އަތުލައިގަތުމަށް ފަހު، ފޭރިގަތް ފޯނު ފުލުހުން ވަނީ ހޯދައިފަ އެވެ. އަދި މި މައްސަލަ އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ފޭރުމަކީ ރާއްޖޭގައި އެންމެ ގިނަ ކުށުގެ އެއް ބާވެތެވެ.