Last Updated: October 18, 10:45
Friday, October 18, 2024
މުނިފޫހިފިލުވުން

ނީލަމާއި ޖެކީ ވީޑިއޯ ލަވައަކުން

އެކީގައި ކުރިން ފިލްމުތަކެއް ކުޅެފައިވާ ބޮލީވުޑްގެ ތަރިން ކަމަށްވާ ނީލަމް ކޮތާރީ އާއި ޖެކީ ޝްރޮފް ކުޅެފައިވާ ވީޑިއޯއެއް ލަވައެއް ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.

ޓީ ސީރީޒްގެ ތައްގަނޑުގައި މި މަހުގެ 31 ގައި ނެރެން ނިންމާފައިވާ ލަވައިގެ ނަމަކީ "ތޫ" އެވެ. މި ލަވައިގެ ޓީޒާއަކާއި ޕޯސްޓަރެއް ވެސް މިހާރު ވަނީ އާންމުކޮށްފަ އެވެ.

ބޮލީވުޑްގެ މިހާރުގެ މަޝްހޫރު އެކްޓަރު، ޓައިގާ ޝްރޮފްގެ ބައްޕަ ޖެކީ، 67، އާއި ނީލަމް، 54، އެކީގައި ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި "ދޫދު ކާ ކަރުޒް"، "ހަމް ބީ އިންސާން ހޭ" އަދި "އަންތިމް "އަންޔޭ" ހިމެނެ އެވެ. ޖެކީ އާއި ނީލަމަކީ ހިންދީ ސިނަމާމގައި 80 އާއި 90 ގެ އަހަރުގެ ތެރޭގައި ވަރަށް ވިދި ދެ ތަރިންނެވެ.

މިހާރު އެއްގޮތަކަށް ވެސް ފިލްމުތަކުން ނުފެންނަ ނީމަލް އަކީ އެކްޓަރު ސަމީރު ސޯނީގެ އަންހެނުންނެވެ. ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ނީލަމް އެންމެ ފަހުން ކުޅެފައިވާ ފިލްމަކީ 2001 ގެ "ގަސަމް" އެވެ. އަދި މި ފަހުން އޭނަ ވެބް ކޮންޓެންޓްތަކުން ފެނިފައިވެ އެވެ. އޭގެ ތެރޭގައި ނެޓްފްލިކްސްގެ "ފެބިއުލަސް ލިވްސް އިފް ބޮލީވުޑް ވައިވްސް" އާއި އެމެޒޯން ޕްރައިމް ވީޑިއޯގެ "މޭޑް އިން ހެވެން" ހިމެނެ އެވެ.