Last Updated: September 8, 06:39
Sunday, September 8, 2024
ޚަބަރު

ނަމާދަށް ހުރި މީހެއްގެ ދަބަސް ވަގަށް ނަގައިފި

މާލޭގެ ސަލްމާން މިސްކިތުގައި ނަމާދަށް ހުރި މީހެއްގެ ދަބަސް ވަގަށް ނެގި މީހަކު ހައްޔަރުކޮށް، ބަންދަށް މުއްދަތު ޖަހައިފި އެވެ.

ވައްކަން ކުރި މައްސަލަގައި ފުލުހުން ހައްޔަރުކުރި ފުވައްމުލަކު ސިޓީ މާދަޑު އަވަށު ބިއްދަރިގޭ އިބްރާހިމް އަހުމަދުގެ ބަންދަށް ކްރިމިނަލް ކޯޓުން ޖެހީ 10 ދުވަހެވެ. ނަމާދަށް ހުރި މީހެއްގެ ދަބަސް އޭނަ ވަގަށް ނެގި މައްސަލައިގައި އަތުލައިގަތީ ސީސީޓީވީ ފުޓޭޖްގެ އެހީގަ އެވެ.

އިބްރާހީމަކީ ކުރިން ވެސް މިސްކިތްތަކުން ވައްކަން ކުރުމުގެ ރެކޯޑް އޮތް މީހެއް ކަމަށާއި އެގަދަ މައްސަލަތަކުގައި އޭނަ ހައްޔަރުކޮށް، ބަންދު ވެސް ކޮށްފައިވާކަން ކްރިމިނަލް ކޯޓުން ފާހަގަކޮށްފައިވެ އެވެ.

ފަހަކަށް އައިސް މާލޭގެ މިސްކިތްތަކުން ވައްކަން ކުރުން ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ. އެގޮތުން މިސްކިތުން ފަންކާ އާއި ފެންމޯޓަރު ފަދަ ތަކެތި މި ފަހުން ވަގަށް ނަގާފައިވެ އެވެ.