Last Updated: September 8, 06:39
Sunday, September 8, 2024
ޚަބަރު

ހައުސިން ލޯނު އޮކްޓޯބަރުގައި ދޫކުރަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު- ފޮޓޯ: ރައީސް އޮފީސް

ގެދޮރުވެރި ކަމަށް އޮކްޓޯބަރު މަހުގެ ތެރޭގައި ލޯނު ދޫނުކުރަން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިނިވަން ދުވަހާ ގުޅިގެން ރޭ ބޭއްވި ޖަލްސާގައި ރައިސް ވިދާޅުވީ ލޯނު ދޫކުރަން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާ ކަމަށެވެ. ވިދާޅުވެފަ އެވެ.

އެ މަނިކުފާނު ވިދާޅުވީ ދެމެހެއްޓެނިވި ތަރައްގީގެ ވިސްނުމުގެ ތެރެއިން ތިން ގިންތިއެއްގައ ލޯނު ދޫކުރަން ނިންމާފައިވާ ކަމަށެވެ.

އެ ގޮތުން މާލޭގައި 6،000،000ރ. އާ ހަމައަށް ލޯނު ދޫކުރަން ނިންމާފައިވާއިރު އާބަން ސެންޓަރުތަކުގައި ތިން 3،000،000ރ. އާ ހަމައަށް އަދި އެހެން ރަށްރަށުގައި 1،000،000ރ. އާ ހަމައަށް ލޯނު ދޫކުރާނެ އެވެ.

މި ލޯން ސްކީމަކީ ގެދޮރު އަލަށް އިމާރާތްކުރުމަށާއި މަރާމާތުކުރުމުގެ އިތުރުން އަދި ހަދަން ފަށައި ނުނިމި ހުރި މަސައްކަތްތައް އި ބޭނުން ކުރެވޭނެ ލޯން ސްކީމެކެވެ.