ގދ. ތިނަދޫގައި މުޒާހަރާ ކުރި ބަންގުލަދޭޝް ބަޔަކު ޑީޕޯޓު ކުރަން އުޅޭ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބަލަން ފަށައިފިއެވެ.
އެ ކޮމިޝަނުން މިއަދު ބުނެފައިވަނީ، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމަކީ ދިވެހިރައްޔިތުންނަށް އަދި ރާއްޖޭގައި އުޅޭ ބިދޭސީންނަށް ޤާނޫނުއަސާސީން އަދި ރާއްޖެއިން ސޮއިކޮށްފައިވާ އައިސީސީޕީއާރުގެ 21 ވަނަ މާއްދާގެ ދަށުން ކަށަވަރު ކޮށްދޭ ހައްޤެއް ކަމަށެވެ.
ގދ. ތިނަދޫގައި މިދިޔަ ހަފުތާގައި މުޒާހަރާކުރި ބަންގަދޭޝްގެ ބަޔަކު ޑީޕޯޓްކުރަން ސަރުކާރުން އުޅޭކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވާތީ އެކަން ގާތުން ބަލަމުންގެންދާ ކަމަށްވެސް އެޗްއާރްސީއެމްއިން ބުނެފައިވެއެވެ.
The right of peaceful assembly is guaranteed for everyone, including migrants, under Article 21 of the International Covenant on Civil and Political Rights (ICCPR), to which the Maldives is a signatory, and under Article 32 of the Constitution of the Republic of Maldives.
HRCM…
— HRC of the Maldives (@hrcmv) July 27, 2024
ބަންގްލަދޭޝްގެ ބަޔަކު ތިނަދޫގައި މުޒާހަރާކޮށްފައިވަނީ ބަންގްލަދޭޝްގެ ސަރުކާރާ ދެކޮޅަށް އެ ގައުމުގައި ރައްޔިތުން ކުރަމުންދާ މުޒާހަރާއަށް އެއްބާރުލުން ދިނުމުގެ ގޮތުންނެވެ.