ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރުކަމުން މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގް އިސްތިއުފާ ދެއްވައިފިއެވެ.
ތާރިގް ޕާލިމެންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރުކަމުން އިސްތިއުފާ ދެއްވި ވާހަކަ ޕީއެންސީ ބައެއް މެންބަރުން ކަށަވަރު ކޮށްދެއްވާފައިވާއިރު، އޭނާ އިސްތިއުފާ ދެއްވި ސަބަބެއް ސާފެއް ނުވެއެވެ.
ޕާލިމެންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރުކަމަށް ތާރިގް އައްޔަނުކުރުމަށް ނިންމީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހުށަހެޅުއްވުމަކަށެވެ.
ޕީއެންސީގެ ޕީޖީ ލީޑަރަކީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހުއެވެ. ޕީޖީ ގްރޫޕްގެ ސީނިއާ ޑެޕިއުޓީ ޕީޖީ ލީޑަރަކީ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުއެވެ. ޑެޕިއުޓީ ޕީޖީ ލީޑަރުންގެ ގޮތުގައި މިހާރު ތިއްބަވާނީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު) އާއި ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލްއެވެ.