މ.އޯކިޑްޕްލާޒާގައި ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި މާރާމާރީ ހިންގި މީހަކު ހައްޔަރު ކޮށްފިއެވެ.
މ.އޯކިޑްޕްލާޒާ އަކީ މީހުން ދިރިނޫޅޭ ފަޅުގެއެކެވެ.
ފުލުހުން މިއަދު ބުނެފައިވަނީ އަލިފާން ރޯވެގެން އުޅުނު ވަގުތު މަގުމަތީގައި ހުރި މީހަކާ މާރާމާރި ހިންގި މައްސަލައެއްގައި ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
މި މާރާމާރީއާ ގުޅޭ އިތުރު ތަފުސީލެއް އަދި ހައްޔަރު ކުރި މީހާގެ ވަނަވަރެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މ.އޯކިޑްޕްލާޒާގައި ރޯވެފައިވަނީ ޖަމާކޮށްފައި ހުރި ކުނިތަކެއްގައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.