ގަވަރުނަރުގެ މަގާމަށް އަހުމަދު މުނައްވަރު އައްޔަނު ކުރުމަށް ރުހުންދޭން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ފާސްކޮށްފިއެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން މިގޮތަށް ފާސްކޮށްފައިވަނީ މިއަދު ބޭއްވި އެކޮމިޓީގެ ބައްދަލުވުމުގައެވެ. މުނައްވަރު ގަވަރުނަރުގެ މަގާމަށް އައްޔަނު ކުރުމަށް ފާސްވީ ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
ގަވަރުނަރުގެ މަގާމުގައި ހުންނެވި އަލީ ހާޝިމް މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ އެރުވުމަށް ފާސްކުރުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ގަވަރުނަރުގެ މަގާމުން އަލީ ހާޝިމް ވަކިކުރައްވާފައެވެ.
މުނައްވަރު މިހާރު ހުންނެވީ ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރެއްގެ ގޮތުގައެވެ. އޭނާއަކީ ކުރިން ފިނޭންސް މިނިސްޓަރުގެ މަގާމު އަދާކުރައްވާފައިވާ ފަރާތެކެވެ.