ސާފުތާހިރުކަން ކުޑަކޮށް، އިޖުތިމާއީ މިންގަނޑާ ޚިލާފަށް ބިދޭސީން ހުޅުމާލޭގައި ކައްކަމުން ދިޔަ ތަނެއް އިމިގްރޭޝަނުން ބަލައި ފާސްކޮށްފައި ވަނިކޮށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއްޔެ ވަނީ އެތަން ސާފުކޮށްފި އެވެ.
އިމިގްރޭޝަނުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ވިނަރެސް ފްލެޓްގެ ފަހަތުގައިވާ އެކޮމެޑޭޝަން ބްލޮކެއްގައި ގަވާއިދާ ޚިލާފަށް ބިދޭސީން އުޅޭކަމަށް އިމިގްރޭޝަނަށް ލިބުނު މައުލޫމާތާ ގުޅިގެން އިއްޔެ ހަވީރު އެތަން ބަލާ ފާސްކޮށްފައި ވާކަމަށެެވެ.
އަދި ޓާސްކު ފޯހުން އެތަނަށް ދިޔައިރު އެ ތަނުގައި ތިބި ބިދޭސީންގެ ތެރެއިން ސައްހަ ވިސާއެއް ނެތް ދެ ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ބުންޏެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް ސަރަހައްދުގައިވާ ވަގުތީ ސައިޓެއްގައި ސާފުތާހިރުކަން ކުޑަކޮށް ކާބޯތަކެތި ތައްޔާރު ކުރަމުންދާ ކަމުގެ ޝަކުވާ އެޗްޑީސީއަށް ލިބުމާ ގުޅިގެން އެ މައްސަލަ ބަލައި، ކޮންޓްރެކްޓަރާ ވާހަކަދައްކައިގެން އެކަންތައް މިހާރު ވަނީ ހުއްޓުވާފައި. އަދި އެތަން މިއަދު… pic.twitter.com/itBt18nmwV
— Housing Development Corporation (@hdcmaldives) July 29, 2024
އެ އިދާރާ އިން ބުނީ އެ ތަނަކީ ސާފުތާހިރުކަމަށް އެއްވެސް ސަމާލުކަމެއް ނުދީ އިޖުތިމާއީ މިންގަނޑާ މުޅިން ޚިލާފަށް، ބިދޭސީން އެމީހުންގެ ދިރިއުޅުމުގެ ކަންކަމާއި ކެއުމުގެ އިންތިޒާމްތައް ހަމަޖައްސާފައިވާ ތަނަކަށްވާތީ އެކަން މިހާރު ކަމާބެހޭ އިދާރާތަކުގެ ސަމާލު ކަމަށް ވެސް ގެނެސްފައިވާ ކަމަށެވެ.