Last Updated: November 24, 21:27
Sunday, November 24, 2024
ޚަބަރު

މުއްދަތަށް ބަލާފައި ޔުނިވަސިޓީގެ ދަރަޖަ ދިނުން ރަނގަޅެއް ނޫން

ކޮލެޖެއް ނުވަތަ ތައުލީމީ މަރުކަޒަކަށް ހަމައެކަނި ވަކި މުއްދަތެއް ހޭދަވުމުން ޔުނިވާސިޓީއެއްގެ ދަރަޖަ ދިނުން ރަނގަޅު ނޫން ކަމަށް ހަަ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ މަތީ ތައުލީމާއި ތަމްރީންގެ ފުރުސަތުތައް ފަހިވާ ގޮތަށް އިންތިޒާމުތައް ހަމަޖައްސައި، މަތީ ތައުލީމުގެ ހިންގުން ހަރުދަނާ ކުރުމުގެ އިތުރުން މަތީ ތައުލީމު ފެންވަރު ރަނގަޅު ކުރުން ކަމަށެވެ. އެގޮތުން ހަޔާ އެޑިއުކޭޝަންގެ ގާނޫނު އިސްލާހު ކުރާ އިރު މިނިސްޓްރީ އަށް ފެންނަނީ މަތީ ތައުލީމުގެ ފެންވަރާއި ދައުރު ހިފެހެއްޓޭނެ ނިޒާމުތައް ހަމަޖެހި، ބޭރު ގައުމުތަކުގައި ކިޔެވުމަށް ކުރަން ޖެހޭ ހޭދަ ކުޑަކުރުން ކަމަށް ވެސް ވިދާޅުވި އެވެ.

"ކޮލެޖެއްގެ ގޮތުގައި ހަމައެކަނި ވަކި މުއްދަތެއް ހޭދަވުމުން އެތަނެއް ޔުނިވާސިޓީއަކަށް ބަދަލުކުރުމަކީ ގައުމަށާއި ރައްޔިތުންނަށް އެންމެ ފައިދާ ކުރާނެ ގޮތެއް ނޫން ކަމަށް އަޅުގަނޑު ދެކެނީ،" މާރިއާ ވިދާޅިވި އެވެ. "އެހެންވެ ގާނޫނާއި އެ މުއްދަތު ކަނޑައެޅުމާ އެކު ދެވޭ މަތީ ތައުލީމާއި ތަމްރީންގެ ކޮލިޓީ ހިފެހެއްޓޭނެ މިންގަނޑުތައް ކަނޑައެޅުމަކީ މުހިންމު ކަމެއް ކަމުގައި ދެކެން."

މިނިސްޓަރު ވިދާޅުވީ ކޮލެޖެއް ނުވަތަ އިންސްޓިއުޓެއް ވަކި މުއްދަތެއްގެ ތެރޭގައި ޔުނިވާސިޓީއަކަށް ބަދަލުވާ އިރު އެ ތަނެއްގެ ފެންވަރު ކަށަވަރުކުރަން ޖެހޭނެ ކަމަށެވެ އަސި އެކަން ބެލޭނެ ގޮތްތަކެއް ވެސް ހަމަޖައްސަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް ކޮލެޖެއް 15 އަހަރުގެ މުއްދަތުގެ ތެރޭގައި ޔުނިވާސިޓީއަކަށް ބަދަލުވުމުގައި އިއުތިރާޒެއް ނެތްކަން ފާހަގަކުރައްވައި މާރިޔާ ވިދާޅުވީ 15 އަހަރަކީ ފެންވަރު ރަނގަޅު ތައުލީމު ދޭ ތަނަކަށް ވާން ޖެހޭނެ ކަމަށެވެ.

އެގޮތުން ރަނގަޅު އިންސްޓިޓިއުޓެއް ކޮލެޖަކަށް ބަދަލުކުރުމަށް ކިޔަވައި ދިނުމުގެ ފެންވަރުގެ އިތުރުން ވަރުގަދަ ރިސާޗު ޕްރޮގްރާމުތަކުގެ އިތުރުން ޕީއެޗްޑީ ހާސިލްކޮށްފައި ތިބި ބޭފުޅުން ތިބެން ޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ޔުނިވާސިޓީއެއްގައި ކޮލިފައިޑް ޕީއެޗްޑީ ޑޮކްޓަރުން، ފިލޯސަވީ ޑޮކްޓާ އިން އެޑިއުކޭޝަން، އެކިއެކި ދާއިރާތަކުން ތިއްބަވައިގެން އަޅުގަނޑުމެންނަށް މަތީ ތައުލީމު ހާސިލުކުރުމުގެ މަގު ފަހިކޮށް ދިނުން." މާރިއާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ގާނޫނު އިސްލާހު ކުރުމަށް ޔުނިވާސިޓީ އާއި ކޮލެޖުތަކާ އެކީ މަޝްވަރާ ކުރުން ވެސް މުހިންމު ކަމަށާއި ބިލަށް އިތުރު ހިޔާލުތައް ހުށަހަޅަން ވަގުތު ވެސް ބޭނުންވާ ކަމަށެވެ.