ޓިކްޓޮކް ހިންގާ ޗައިނާގެ ކުންފުނި، ބައިޓްޑާންސްގެ ސިންގަޕޫރްގެ އޮފީހުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ކާނާ ވިހަވެގެން ފަރުވާ ދޭން ފަށައިފި އެވެ.
މީޑިއާތަކުން ބުނީ މުވައްޒަފުންތަކެއް ކާނާ ވިހަވީ އިއްޔެގެ ވަގުތެއް ކަމަށާއި އޭގެ ތެރޭގައި 60 މުވައްޒަފަކު ހިމެނޭ ކަމަށެވެ. އަދި ކާނާ ވިހަވި 57 މުވައްޒަފަކަށް އަންނަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.
މި މައްސަލަ މިހާރު ކަމާބެހޭ ފަރާޔްތަކުން އިތުރަށް ތަހުގީގު ކުރަމުން އަންނަ އިރު ބައިޓްޑާސުން ބުނީ މުވައްޒަފުންތަކެއް ކާނާ ވިހަވި ސަބަބެއް އަދި ސާފު ނުވާ ކަމަށެވެ. އެހެންވެ އެކަން އިތުރަށް ބަލަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.
މިކަމާ ގުޅިގެން ސިންގަޕޫރް ހެލްތު މިނިސްޓްރީ އާއި އެ ގައުމުގެ ފުޑް އެޖެންސީ އެސްއެފްއޭ) އިން ނެރުނު ބަޔާނެއްގައި ބުނީ މުވައްޒަފުންތަކެއް ކާނާ ވިހަވި މައްސަލަ ސީރިއަސްކޮށް ބަލަމުމުން އަންނަ ކަމަށާއި މި މައްސަލައިގައި ބަޔަކަށް ފިޔަވަޅު އަޅަން ޖެހޭނެ ފިޔަވަޅު ވެސް އަޅާނެ ކަމަށެވެ.
ބައެއް މީޑިއާތަކުން ބުނެފައި ވަނީ ޓިކްޓޮކްގެ މުވައްޒަފުންތަކެއް ކާނާވި ވިހަވި ކަމަށް ބެލެވެނީ އިއްޔެ މެންދުރަށް އޯޑަރުކޮށްގެން އޮފީހަށް ގެންދިޔަ ކާތަކެތި ކައިގެންނެވެ.