ރާއްޖޭގައި ފުޅާކޮށް ހޮންޑާ ސައިކަލް ވިއްކާ ކުންފުނި، ޝީޝާގެ އައްޑޫ ބްރާންޗަށް މެނޭޖަރަކު ހޯދަން އެ ކުންފުނިން އިއުލާންކޮށްފި އެވެ.
ޝީޝާ އިން ބުނީ އެ މަގާމަށް ކުރިމަތިލާން ޝައުގުވެރިވާ ފަރާތްތަކަށް އެޕްލައި ކުރުމުގެ ފުރުސަތު އަންނަ މަހުގެ 10 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތަޢުލީމާއި ތަޖުރިބާ އަށް ބަލައި ބޮޑު މުސާރައެއް ދޭނެ ކަމަށް އެ ކުންފުނުން ބުނެ އެވެ. އަދި ޝީޝާގެ ޚިދުމަތްތަކަށް ސްޓާފް ޑިސްކައުންޓުތަކާ އެކު، ރަނގަޅު އިންޝުއަރެންސް ޕެކޭޖެއް ވެސް ލިބޭނެ ކަމަށް ބުންޏެވެ.
މެނޭޖަރުގެ މަގާމަށް ކުރިމަތިލާ ފަރާތްތަކަކީ ދަށްވެގެން ބިޒްނަސް މެނޭޖްމެންޓް ނުވަތަ އެއާ ގުޅުން ހުރި ދާއިރާއަކުން ޑިގްރީ ހާސިލްކޮށްފައިވާ ފަރާތަކަށް ވާން ޖެހޭނެ އެވެ. އަދި ހިންގުމުގެ ދާއިރާގެ މަގާމެއްގައި މަދުވެގެން ދެ އަހަރުގެ ތަޖުރިބާ ވެސް ހުންނަން ޖެހެ އެވެ.
މެނޭޖަރުގެ މައިގަނޑު މަސައްކަތް ބިނާވާނީ ޝީޝާގެ އައްޑޫ ގޮފިން ދެމުން އަންނަ ޚިދުމަތްތައް ކުންފުނީގެ ސިޔާސަތުތަކާ އެއްގޮތަށް ބަލަހައްޓައި ކުރިއަށް ގެންދިއުމެވެ.
ޝީޝާ އަކީ ރާއްޖޭގެ ހޮންޑާ ބްރޭންޑުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރުގެ ހައިސިއްޔަތުން ގިނަ ބައެއް އިތުބާރު ހޯދާފައިވާ ކުންފުންޏެކެވެ.