Last Updated: November 24, 21:27
Sunday, November 24, 2024
ޚަބަރު

ފޭދޫ ސްކޫލަށް "ފަރުކޮއެ" ޕްރޮގްރާމް ހިންގައިފި

އައްޑޫ ފޭދޫ ސްކޫލުގެ ދަރިވަރުންނަށް "ފަރުކޮއެ 2024" ޕްރޮގްރާމް ހިންގައިފި އެވެ.

"ފަރުކޮއެ" މަޝްރޫޢުއަކީ، ރާއްޖޭގެ ސްކޫލުތަކުގެ ދަރިވަރުންނަށް ރާއްޖޭގެ ފަރުތައް ދައްކާލައި ރާއްޖޭގެ ތިމާވެށީގެ ނާޒުކުކަމުގެ މައްޗަށް ހޭލުންތެރި ކުރުމުގެ ގޮތުން އެޑިޔުކޭޝަން މިނިސްޓްރީން ފަށައިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

އެގޮތުން ފޭދޫ ސްކޫލުން އިއްޔެ ހެނދުނު ފޭދޫ ސްކޫލްގެ ދަރިވަރުންނަށް ހިންގި ޕްރޮގްރާމްގައި އެ ސްކޫލުގެ 42 ދަރިވަރުން ބައިވެރިވިއިރު، އެ ދަރިވަރުން ލައިފްޖެކެޓް އަޅުވައިގެން މޫދަަށް ގެންގޮސް، ސްނޯކަލްކޮށްގެން ފަރާއި މޫދުގެ ދިރުންތައް ދަރިވަރުންނަށް ދައްކާލުމާއި، އެ ދަރިވަރުން މޫދުގައި އުޅުނުއިރު ސަލާމަތީގޮތުން ސުޕަވައިޒް ކުރުމުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސިފައިން ހަރަކާތްތެރިވެފައިވެ އެވެ.

ޕްރޮގްރާމް ކުރިއަށް ގެންދިޔައީ އައްޑޫ ސިޓީ ނޭޗަ ޕާކް ކޯއްޓޭ ސަރަހައްދުގަ އެވެ.

"ފަރުކޮއެ" ޕްރޮގްރާމް ދާދި ފަހުން މަރަދޫ އިރުޝާދިއްޔާ ސްކޫލްގެ ދަރިވަރުންނަށް ވެސް ހިންގާފައިވެ އެވެ.