ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާ ދުރަށްދާންޖެހުނީ ހަދާ ގޯސްތަކުން ހަޖަމު ކުރައްވަން އުނދަގޫވެގެން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ވާހަކަތަކަށް މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ރައްދު ދެއްވައިފިއެވެ.
ޕީއެންއެފްއިން ބޭއްވި ޖަލްސާއެއްގައި ޔާމީން މިފަދައިން ވިދާޅުވުމުން އެ ވާހަކަތަކަށް ރައްދު ދެއްވާ އަބްދުއްރަހީމް ވަނީ، ރައްޔިތުން ހެއްލިދާނެކަމަށް "މާމޮޅު ވާހަކަ" ދައްކަން ނޫޅުމަށް ޔާމީނަށް ގޮވާލާފައެވެ.
އަބްދއްރަހީމް ވިދާޅުވީ ޔާމީން ސަރުކާރާ ދުރަށްޖެހުނީ، ހުރި ބޮޑާކަމާ ކިބުރުވެރިކަމެއްގެ ބޮޑުކަމުން ކަމަށާއި އަދި ތިމާނޫން އެހެން މީހަކު ވެރިކަން ކުރައްވާ މަންޒަރު ބަލަން ލަގޮނޑިއަށް ކެތްނުވެގެން ކަމަށެވެ.
"ވެރިކަމުގެ އިއްޒަތާ ލައްޒަތަށް އޮތް ދަހިވެތިކަމަކުން. މިކަން ވަކީންބޮޑަށް މިއަދު ރައްޔިތުނަށް ޔަގީންވަނީ ސިޔާސީގޮތުން ފެއިލްވެފައި ތިބި ދެތިން މީހުން ގޮވައިގެން ތިޔަޖަހާ ހަޑިހުތުރު މުޑުދާރު ސަކަރާތުން." އަބްދުއްރަހީމް ވިދާޅުވިއެވެ.
ރައްޔިތުން ހެއްލިދާނެކަމަށް މާމޮޅު ވާހަކަ ދައްކަވަން ނޫޅުއްވާ.ސަރުކާރާ ދުރަށްޖެހުނީ ތިމާގެ ހުރި ބޮޑާކަމާ ކިބުރުވެރިކަމެއްގެ ބޮޑުކަމުންތިމާނޫން އެހެން ބޭފުޅަކު ވެރިކަން ކުރައްވާ މަންޒަރު ބަލަން ލަގޮނޑިއަށް ކެތްނުވެގެން.ވެރިކަމުގެ ޢިއްޒަތާ ލައްޒަތަށް އޮތް ދަހިވެތިކަމަކުން.މިކަން… pic.twitter.com/NiiaYpJifp
— Abdul Raheem Abdulla (@Banafsaa) August 3, 2024
ޔާމީނަށް ތާއީދުކުރާ ފަރާތްތަކުން އަންނަނީ ވަކި ސިޔާސީ ޕާޓީއެއް އުފައްދައިގެން މަސައްކަތް ކުރަމުންނެވެ. އެގޮތުން ޕީއެންއެފްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދައި މަސައްކަތް ކުރަމުން ގެންދާއިރު ޕީއެންއެފްގެ ޖަލްސާތަކުގައި ސަރުކާރަށް އަދި ރައީސް މުއިއްޒުއަށް އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.