Last Updated: November 25, 14:49
Monday, November 25, 2024
ޚަބަރު

އުރީދު އަށް ދެވަނަ ކުއާޓަރުގައި 540 މިލިއަން ރުފިޔާ

މި އަހަރުގެ ދެވަނަ ކުއާޓަރުގައި އުރީދޫ މޯލްޑިވްސް އަށް އާމްދަނީގެ ގޮތުގައި 540.7 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މިއީ ފުރަތަމަ ކުއާޓަރަށް ވުރެ ދަށް އާމްދަނީއެކެވެ. އުރީދު އަށް އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނީ 554 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ.

އެ ކުންފުނިން އާންމުކޮށްފައިވާ ދެވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުންް އެ ކުއާޓަރުގައި ލިބުނު އާމްދަނީގެ ތެރެއިން 415.2 މިލިއަން ރުފިޔާ އަކީ މޯބައިލް ހިދުމަތްތަކުން ލިބުނު އާމްދަނީ އެވެ. މީގެ އިތުރުން ފިކްސްޑް، ބްރޯޑްބޭންޑް އެންޑް އެންޓަޕްރައިސް ހިދުމަތްތަކުން 125.2 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނު އިރު އެހެނިހެން ހިދުމަތްތަކުން 238،000ރ. ގެ އާމްދަނީއެއް ލިބިުނެވެ.

އަދި ޓެކުހަށް ކެނޑުމަށް ފަހު ދެވަނަ ކުއާޓަރުގައި 173.7 މިލިއަން ރުފިޔާ ފައިދާވެފައިވާ ކަމަށް އުރީދޫން ބުންޏެވެ. ޓެކްހާ އެކީ އެ އަދަދު ހުރީ 196.9 މިލިއަން ރުފިޔާގަ އެވެ.