Last Updated: November 27, 21:29
Wednesday, November 27, 2024
މުނިފޫހިފިލުވުން

މަލައިކާ ރާއްޖޭގައި

އިންޑިއާގެ މަޝްހޫރު ސެލެބްރިޓީ މަލައިކާ އަރޯރާ ރާއްޖެ އަށް އަތުވެއްޖެ އެވެ.

އޭނަގެ މި ދަތުރުގެ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި ވެސް ޕޯސްޓްކޮށްފައިވެ އެވެ. މަލައިކާ މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ރާއްޖެ އައިސްފައިވެ އެވެ. އެގޮތުން ލޯބިވެރިޔާ އެކްޓަރު އަރުޖުން ކަޕޫރާ އެކީ ވެސް ކުރިން ރާއްޖޭގައި އޭނަ ޗުއްޓީ ހޭދަކޮށްފައިވެ އެވެ.

ނަމަވެސް މި ފަހަރު މަލައިކާ، 50، ރާއްޖެ އައި އިރު، އޭނަ އާއި އަރުޖުން، 39، ރުޅިވެފައިވާކަމުގެ ވާހަކަތައް މީޑިއާތަކުގައި އަންނަނީ ދެކެވެމުންނެވެ. އެ ދެ މީހުން ރައްޓެހިވީ 2018 ގަ އެވެ. މަލައިކާ އަކީ ސަލްމާން ޚާންގެ ކޮއްކޮ އަރްބާޒް ޚާންގެ ކުރީގެ އަންހެނުންނެވެ. އެ ދެ މީހުން 2017 ގައި ވަކިވި އިރު، ލިބިފައިވާ ދަރިފުޅު އަރްހާން ޚާނަށް މިހާރު 21 އަހަރެވެ.

ބައެއް މީޑިއާތަކުން ބުނީ މަލައިކާގެ މި ފަހަރުގެ ރާއްޖެ ދަތުރަކީ ފޮޓޯޝޫޓަށް ކުރާ ދަތުރެއް ކަމަށެވެ.