އައިޖީއެމްއެޗުގެ އިހުމާލުން ކުއްޖަކު މަރުވި މައްސަލައަކާ ގުޅިގެން އާއިލާއަށް ދައުލަތުގެ ފަރާތުން މާލީ ބަދަލު ދީފި އެވެ.
ބަދަލު ހޯދުމަށް މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި ނަމަވެސް ބަދަލު ދޭން ދައުލަތުން އެއްބަސްވީ ކޯޓުން ބޭރުގަ އެވެ. އެހެންވެ އާއިލާއިން ވަނީ ކޯޓުން މައްސަލަ ނަގައިގަ އެވެ.
މި އެއްބަސްވުމަކީ ސިއްރު އެއްބަސްވުމަކަށް ވާތީ އޭގެ އެއްވެސް ތަފުސީލެއް އާއިލާއިން ވެސް އަދި ދައުލަތް ތަމްސީލްކުރާ އެޓާނީ ޖެނެރަލް އޮފީހުން ވެސް ދީފައެއް ނުވެ އެވެ.
އޭޖީ އޮފީހުން ބުނީ ހަމައެކަނި ހިއްސާކުރި މައުލޫމާތަކީ ސެޓަލްމަންޓް އެގްރިމަންޓަކަށް ދާން ނިންމި ސަބަބެވެ. އެއީ މައްސަލައިގެ ބާވަތުންނާއި ކޯޓުގައި މައްސަލަ ދިގުލައިގެން ދިޔުމަށް ވުރެ މަސްލަހަތު ވެސް އޮތީ ކޯޓުން ބޭރުން މައްސަލަ ހައްލު ކުރުމަށް ކަމަށް ފެންނާތީ ކަމަށް ބުނެފައިވެ އެވެ.
މިއީ ސިއްހީ ދާއިރާގެ އިހުމާލުގެ މައްސަލައެއް ކޯޓުން ބޭރުގައި ހައްލުކޮށް މަދަނީ ބަދަލެއް ދިން ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެ އެވެ.