Last Updated: December 22, 10:56
Sunday, December 22, 2024
ޚަބަރު

އެމްއެމްއޭގެ އޮނިގަނޑަށް ބަދަލުތަކެއް ގެނެސްފި

އާ ގަވަރުނަރަކު އައްޔަންކުރުމާ އެކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އޮނިގަނޑަށް ބަދަލުތަކެއް ގެނެސްފި އެވެ.

ހެޔޮ ނަތީޖާ ނެރޭ ޒަމާނީ ސެންޓްރަލް ބޭންކަކަށް ހެދުމުގެ އަމާޒުގައި އޮނިގަނޑަށް ގެނައި ބަދަލުތަކަށް ބަލާ އިރު
އެސިސްޓެންޓް ގަވަރުނަރުގެ މަގާމު މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބަދަލުކުރުމާއި މިހާރު ތިއްބެވި އެސިސްޓެންޓް ގަވަރުނަރުން އެޑްވައިޒަރުންގެ މަގާމަށް ބަދަލުކުރުން ހިމެނެ އެވެ.

އެމްއެމްއޭގައި މިހާރު ތިން އެސިސްޓެންޓް ގަވަރުނަރުން ތިއްބަވަ އެވެ.

އެމްއެމްއޭ އިން ބުނެފައު ވަނީ އޮނިގަނޑަށް ގެނައި ބަދަލާ އެކު ފަސް މެނޭޖިން ޑިރެކްޓަރުން އައްޔަންކުރާނެ ކަމަށެވެ. އެ މަގާމުގެ މުއްދަތަކީ 5 އަހަރެވެ.

އެމްއެމްއޭ އިން ބުނީ އާ ބަދަލުތަކުގެ ސަބަބުން މަސައްކަތްތައް މިހާރަށް ވުރެ ހަރުދަނާވެ، ހެޔޮ ނަތީޖާތަކެއް ނެރެން ފަސޭހަވާނެ ކަމަށެވެ.

އޮނިގަނޑަށް ގެނައި ބަދަލުަކާ އެކީ އާ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އެމްއެމްއޭގައި އުޅޭ މުވައްޒަފުންގެ އިތުރުން އާންމުކޮށް ވެސް ހުޅުވައިލަން ނިންމާފައިވެ އެވެ.

އެމްއެމްއޭގެ މިހާރުގެ ގަވަރުނަރަކީ އަހުމަދު މުނައްވަރެވެ. އޭނަ އެ މަގާމަށް އައްޔަންކުރީ މިދިޔަ މަހުގެ 31 ގަ އެވެ.