Last Updated: November 25, 11:20
Monday, November 25, 2024
ޚަބަރު

އައްޑޫ ތަރައްޤީ ކުރެއްވީ މައުމޫން، ނަޝީދެއް ނޫން : އައިބީ

ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި ތަރައްޤީ ކުރެވުނު ފޭދޫ ބަނދަރު ސަރަހައްދުގައި އައިބީ އާއި އިބްރާހިމް ރަޝީދު

އައްޑޫ ސިޓީ އަށް މީގެ ކުރިން ލިބިފައި އޮތް ތަރައްގީއެއް ނަމަ އެއީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ލިބުނު ތަރައްގީ ކަމަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އައްޑޫގެ ތަރައްގީ އަށް އެއްވެސް ކަމެއް ކޮށްދެއްވާފައި ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމްދީދީ (އައިބީ) ވިދާޅުވެެއްޖެ އެވެ.

ޗެނަލް 13 ގެ “ހަބަރާއި އޮއިވަރު” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އައިބީ ވިދާޅުވިގޮތުގައި އައްޑު އަށް މީގެ ކުރިން ލިބިފައި އޮތް ތަރައްގީއެއް ނަމަ އެއީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ލިބުނު ތަރައްގީ ކަމަށާއި އައްޑޫ ރައްޔިތުންނަށް އިނގިރޭސިންގެ ފަރާތުން ލިބުނު ގަން އެއާޕޯޓްގައި ވެސް އާ ޓާމިނަލެއް އަޅައި އެތަން ތަރައްގީކޮށް ދެއްވީ ރައީސް މައުމޫން ކަމަށެވެ.

މީގެ އިތުރުން ޝަންގްރިއްލާ ވިލިގިލި ރިސޯޓާއި ހެރަތެރަ ރިސޯޓަކީ ވެސް މައުމޫންގެ ވެރިކަމުގައި ހިންގެވި މަޝްރޫއުތައް ކަން ފާހަގަ ކުރައްވައި އައިބީ ވިދާޅުވީ ރައްޔިތުން ބޭނުން ވަނީ އެފަދަ ތަރައްގީތައް ކަމަށާއި ކުރީގެ ރައީސް ނަޝީދަށް އައްޑޫގެ ތަރައްގީ އަށް އެފަދަ އެއްވެސް ކަމެއް ކޮށް ދެވިފައި ނެތް ކަމަށެވެ.

ސަރުކާރުން ގަން އެއާޕޯޓް ހަގީގީ އިންޓަނެޝަނަލް އެއާޕޯޓެއްގެ ގޮތުގައި ތަރައްގީ ކުރައްވަމުން އަންނަ ކަމަށާއި އެ މަސައްކަތާއި މުޅި އައްޑޫގައި ފެނާއި ނަރުދަމާ ނިޒާމް ވެސް ރައީސް ޔާމީންގެ ވެރިކަމުގައި ނިންމައި ލެވޭނެ ކަމަށް ވެސް އައިބީ ވަނީ ވިދާޅުވެފައެވެ.