ވީރާނާވެފައިވާ ގެއެއްގައި ވިއްކަން ކާބޯތަކެތި ހަދަމުންދިޔަ ބިދޭސީންތަކެއް އަތުލައިގެންފިއެވެ.
އިމިގްރޭޝަނުން ބުނެފައިވަނީ ދިރިނޫޅެވޭ ވަރަށް ބައުވެ ވީރާނާވެފައިވާ ގެއެއްގައި، ވިޔަފާރިއަށް އެކިކަހަލަ ކާބޯތަކެތި ތައްޔާރުކުރަމުންދާ މައްސަލައަކާ ގުޅިގެން "އިމިގްރޭޝަން ވޮޗް" އިން މިއަދު ހެނދުނު ވަނީ މާލެ ސަރަހައްދުން ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އެތަނުގައި ގަވާއިދާ ޚިލާފަށް ދިރިއުޅެމުންދިއަ 3 ބިދޭސީއެއް އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށްވެސް އެ އިދާރާއިން މައުލޫމާތުދެއެވެ.
ދިރިނޫޅެވޭ ވަރަށް ބައުވެ ވީރާނާވެފައިވާ ގެއެއްގައި، ވިޔަފާރިއަށް އެކިކަހަލަ ކާބޯތަކެތި ތައްޔާރުކުރަމުންދާ މައްސަލައަކާ ބެހޭގޮތުން "އިމިގްރޭޝަން ވޮޗް" އަށް ލިބިފައިވާ ރިޕޯޓަކާއި ގުޅިގެން މިއަދު ހެނދުނު ވަނީ މާލެ ސަރަހައްދުން ގެއެއް ބަލައި ފާސްކޮށް، ގަވާއިދާ ޚިލާފަށް އެތަނުގައި… pic.twitter.com/R3jcMkrNLJ
— Maldives Immigration (@ImmigrationMV) August 6, 2024
މި ރެއިޑުގައި ގިނަ އަދަދަކަށް އާންމުން ފިހާރަތަކުން ގަނެއުޅޭ ކާބޯތަކެތި ފެނިފައިވާ ކަމަށާއި އެހެންކަމުން މިކަން ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެވިފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.