Last Updated: November 27, 21:29
Wednesday, November 27, 2024
ދުނިޔެ

ކަމާލާގެ ރަނިންމޭޓަކީ ޓިމް

މި އަހަރު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓިކް ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ކަމާލާ ހެރިސްގެ ރަނިންމޭޓަކީ ޓިމް ވޯލްޒް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޓިމް އަކީ މިނެސޯޓާ ސްޓޭޓްގެ ގަވަރުނަރެވެ.

ސީއެންއެން އިން ބުނީ ކަމާލާގެ ރަނިންމޭޓް އިއުލާންކުރާނީ މިއަދު ފިލަޑެލްފިއާގައި ބާއްވާ ކެމްޕޭން ރެލީއެއްގައި ކަމަށާއި އެ ރެލީގައި ޓިމް ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

އުމުރުން މިހާރު 60 އަހަރުގެ ޓިމް އަކީ މިނެސޯޓާގެ 41 ވަނަ ގަވަރުނަރެވެ. އެ މަގާމަށް އޭނަ ވަޑައިގެންނެވީ 2019 ގަ އެވެ. ޓިމް އަކީ ކުރިން އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްގެ މެންބަރެއްގެ މަގާމު ވެސް އަދާކުައްވާފައިވާ ބޭފުޅެކެވެ. އެއީ 2007-2019 އަށެވެ.

އެމެރިކާގެ ރައީސް ކަމަށް ވާދަކުރެއްވުމުގެ ފުރުސަތު މިހާރުގެ ނައިބު ރައީސް ކަމާލާ، 59، އަށް ލިބވަޑައިގަތީ ރައީސްކަމަށް ކެމްޕޭން ކުރެއްވުމަށް ފަހު، މިހާރުގެ ރައީސް ޖޯ ބައިޑެން، 81، ރިޔާސީ ރޭސް ދޫކުރައްވައި ކަމާލާއާ ޓިކެޓް ހަވާލުކުރައްވަން ނިންމެވުމާ ގުޅިގެންނެވެ.

ނޮވެމްބަރުގައި ބާއްވާ އިންތިހާބުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރައްވާ ޑޮނަލްޑް ޓްރަމްޕްގެ ރަނިންމޭޓަކީ ޖޭޑީ ވޭންސް އެވެ.