އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ. އެސް. ޖައިޝަންކަރު ރާއްޖެ ވަޑައިގެންފި އެވެ.
ޖައިޝަންކަރު ރާއްޖެ ވަޑައިގަތުމުން ވެލާނާ އެއާޕޯޓުން މަރުހަބާ ދެންނެވީ ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެވެ.
ތިން ދުވަހަށް ޖައިޝަންކަރު ކުރައްވާ ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ބައްދަލުކުރައްވައި ރަސްމީ ވާހަކަތައް ބާއްވާނެ އެވެ.
ޖައިޝަންކަރުގެ މި ދަތުރުފުޅުގެ ތެރެއިން އައްޑޫ ސިޓީ އަށް ވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން އިންޑިއާގެ އެހީގައި މާލެ އާއި އައްޑޫގައި ކުރިއަށްގެންދާ މަޝްރޫއުތަކުގެ އެންމެފަހުގެ މަސައްކަތްތައް ޖައިޝަންކަރު ބައްލަވާލެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މިއީ ރައީސް ޑރ.މުހައްމަދު މުއިއްޒު ރައީސްކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލަކު ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.