އދ. ހަންޏާމީދޫ ގެއެއްގައި އަނިފާން ރޯވެ ދިރިނޫޅެވޭ ވަރަށް އަނދައިފިއެވެ.
މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޓްމެންޓް އޮތޯރިޓީން ބުނެފައިވަނީ، ރޭ ދަންވަރު އދ. ހަންޏާމީދޫގައި އަލިފާނުގެ ހާދިސާއެއް ހިނގައި ދިރިނޫޅެވޭވަރަށް އެތަނަށް ގެއްލުން ލިބިފައިވާ ކަމަށެވެ.
އެހެންކަމުން ހާލުގައި ޖެހުނު ފަރާތަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތް އެރަށު ކައުންސިލާއި ގުޅިގެން އެންޑީއެމްއޭއިން ކުރަމުން ގެންދާ ކަމަށް މައުލޫމާތު ދީފައިވެއެވެ.
2024 އޯގަސްޓް 09 ވަނަ ދުވަހުގެ ރޭ ދަންވަރު އދ. ހަންޏާމީދޫގައި އަލިފާނުގެ ހާދިސާއެއް ހިނގައި ދިރިނޫޅެވޭވަރަށް އެތަނަށް ގެއްލުން ލިބިފައިވާތީ، ހާލުގައި ޖެހުނު ފަރާތަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތް ކައުންސިލް އާއި ގުޅިގެން މި އޮތޯރިޓީން މިގެންދަނީ ކުރަމުން. pic.twitter.com/gyvJ7vnAaW
— NDMA Maldives (@NDMAmv) August 10, 2024
މިތަނުގައި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ސާފެއް ނުވެއެވެ.