Last Updated: April 25, 14:05
Friday, April 25, 2025
ޚަބަރު

އިންޑިއާއާ އެކު ފްރީ ޓްރޭޑް އެގްރިމެންޓެއް ހަދަނީ

ފޮޓޯ: ރައީސް އޮފީސް

އިންޑިއާއާ އެކު ފްރީ ޓްރޭޑް އެގްރިމެންޓެއް ހެދުމަށް ކުރަންޖެހޭ މަޝްވަރާތައް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޒަމީރު މިފަދައިން ވިދާޅުވީ، އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ. އެސް. ޖައިޝަންކަރު ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރޭ ދެއްވި ބަޔާނުގައެވެ.

އެގޮތުން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވަނީ އާ ފްރީ ޓްރޭޑް އެގްރިމެންޓެއް ހެދުމަށް ދެގައުމުގެ މަޝްވަރާތައް ވަރަށް އަވަހަށް ފަައްޓަވާނެކަން ހާމަކުރައްވާފައެވެ. އަދި ވިދާޅުވީ މި އެގްރިމެންޓްވާނީ އިގްތިސާދީ ވިޔަފާރީގެ ދާއިރާއިން ރާއްޖެއަށްއިތުރު ލުއިތައް ލިބޭނެ އެގްރީމެންޓަކަށް ކަމަށް ވިދާޅުވިއެވެ.

އެކި ދާއިރާތަކުން ދެގައުމުގެ ގުޅުން ހަރުދަނާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާކަން ފާހަގަ ކުރައްވާ މިނިސްޓަރު ޒަމީރު ވަނީ އިންޑިއާއިން ރާއްޖެއަށް ދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ޖައިޝަންކަރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ތިން ދުވަހުގެ މުއްދަތަށް ކުރައްވާ ދަތުރުފުޅެކެވެ.