ގޫގުލްގެ ދަށުން ހިންގަމުން އަަންނަ ޔޫޓިއުބްގެ ކުރީގެ ސީއީއޯ ސޫޒަން ވުޖުސްކީ މަރުވެއްޖެ އެވެ.
އުމުރުން 56 އަހަރުގައި އޭނަ މަރުވީ ފުއްޕާމޭގެ ކެންސަރަށް ފަރުވާ ހޯދަމުން އަންނަތާ ދެ އަހަރު ފަހުންނެވެ.
ސޫސަންގެ މަރާ ގުޅިގެން އޭނަގެ ފިރިމީހާ ފޭސްބުކް ޕޯސްޓެެއްގައި މިއަދު ބުނީ 26 އަހަރުވީ ބައިވެރިޔާ އަދި ފަސް ކުދިންގެ މަންމަ ވަކިވެ ދިއުމަކީ އާއިލާ އަށް ލިބުނު ވަރަށް ފުން ހިތާމައެއް ކަމަށެވެ. އަދި މި ވަގުތަކީ އާއިލާ އަށް ވަރަށް ވެސް އުނދަގޫ ހިތާމަވެރި ދަނޑިވަޅެއް ކަމަށާއި އާއިލާ އިން އެދެނީ ގިނަ ބައެއްގެ ހެޔޮދުއާ ކަމަށް ބުނެފައިވެ އެވެ.
ސޫޒަންގެ މަރާ ގުޅިގެން ގޫގުލްގެ ސީއީއޯ ސުންދަރު ޕިޗާއީ ވެސް ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކުރައްވައި އާއިލާ އަށް ތައުޒިޔާ ފޮނުއްވާފައިވެ އެވެ.
Unbelievably saddened by the loss of my dear friend @SusanWojcicki after two years of living with cancer. She is as core to the history of Google as anyone, and it’s hard to imagine the world without her. She was an incredible person, leader and friend who had a tremendous…
— Sundar Pichai (@sundarpichai) August 10, 2024
އެމެރިކާގެ ކެލިފޯނިއާ އަށް އުފަން ސީޒަން ޔޫޓިއުބްފެ ސީއީއޯގެ މަގާމު އަދާކުރެއްވީ 2014-2023 އަށެވެ. އޭނަ މަސައްކަތް ކުރައްވާފައިވާ ކުންފުނިތަކުގެ ތެރޭގައި އިންޓެލް ކޯޕަރޭޝަން، ބްރެއިން އެންޑް ކޮމްޕެނީ އަދި އާރްބީ ވެބާ އެންޑް ކޮމްޕެނީ ހިމެނެ އެވެ.