Last Updated: November 25, 13:27
Monday, November 25, 2024
ޚަބަރު

ސ. އަތޮޅު މަދުރަސާގެ ކެޑޭޓުންނަށް އަލިފާނާ ގުޅޭ ސެޝަނެއް

ސ. އަތޮޅު މަދަރުސާގެ ކެޑޭޓު ދަރިވަރުންނަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހުޅުމީދޫ ފަޔަ ސްޓޭޝަނުން ފަޔަރ ސޭފްޓީ ސެޝަނެއް ކުރިއަށް ގެންގޮސްފި އެވެ.

މީދޫގައި އިއްޔެ ކުރިއަށް ގެންދިޔަ ސެޝަނުގައި، އެ ސްކޫލްގެ 58 ކެޑޭޓު ދަރިވަރަކު ބައިވެރިވި އެވެ. އެ ސެޝަންގައި ކިޔަވައި ދީފައިވާ ބައިތަކުގެ ތެރޭގައި އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތާއި، އަލިފާންނިވި އާއި ފަޔަ ބްލޭންކެޓް ބޭނުން ކުރާނެ ގޮތުގެ މުހިންމު މަޢުލޫމާތުތައް ހިމެނެ އެވެ.

ސެޝަނުގައި ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮ ށްދިނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހުޅުމީދޫ ފަޔަ ސްޓޭޝަނުގެ ފަޔަރ ފައިޓަރުންނެވެ.