* ކެއުމުގެ ކުރިން އަތް ދޮވުން
* ކާންފެށުމުގެ ކުރިން ބިސްމި ކިޔުން (ބިސްމި ކިޔަން ހަނދާން ނެތިއްޖެނަމަ ކިޔަން އޮންނަ ދުޢާ ކިޔުން)
* ކަނާތުން ކައިބޮއި ހެދުން
* ތަށީގެ ތިމާއާ ކައިރި ފަރާތުން ކެއުން
* ކެއުމަށް ފަހު އަތް ދޮވުން
* ކެއުމަށް ފަހު އަނގަ ދޮވުން
* މީހަކު ދިން ދަޢުވަތުގެ ކެއުމެއް ނަމަ އެ މީހަކަށް ހެޔޮ ދުޢާ ކުރުން
* އަތްތިލަ އެކީ ބޭނުން ކުރަން ނުޖެހޭ ފަދަ ކެއުމެއް ނަމަ ތިން އިނގިލި ބޭނުންކޮށްގެން ކެއުން
* ތައްޓާއި އަތުގެ އިނގިލިތައް ސާފުކުރުން
* ސުފުރާ މައްޗަށް ވެއްޓޭ ކާއެތިކޮޅު ނަގައި ސާފުކޮށްގެން ކެއުން
* ލެނގިލައިގެންހުރެ ނުކެއުން
* ކާބޯތަކެއްޗަށް ފާޑުނުކިޔުން
* ބަނޑުފުރާ ނުކެއުން
* ރަން ރިހީގެ ކަންވާރު، ކެއުން ބުއިމަށް ބޭނުން ނުކުރުން
* ކާބޯތަކެތިން އަލިފާނުގެ ހޫނު އާވިއެރުން ފިލައިދިއުމުން ކާންފެށުން
* ޖަމާޢަތުގައި ކެއުން
* ކާބޯތަކެއްޗަށް އަނގައިން ނުފުމުން
* ކާބޯތަކެތިން އަވައްޓެރިންނަށް އިޙްސާންތެރިވުން
* މީހުންނަށް އުނދަގޫވާ ގޮތަށް ބާރު އަޑުން ވައިލައި ނުހެދުން
* ކެއުމުގެ މަޖިލީހެއްގައި ކެއެމުން މީހުން ހިތްކެނޑިދާނެ ފަދަ ވާހަކައެއް ނުދެއްކުން
* މިންވަރު ކުރެއްވި ކާއެތިކޮޅަށް ރުހި، ކޮންމެ ފަހަރަކު މޮޅު ކެއެމެއް ހޯދުމުގެ ތަކުލީފުން ދުރުވުން
* ކެއިންބުއިމުގައި އިސްރާފު ނުކުރުން
* ޙަލާލް ރަނގަޅު ތަކެތި ކެއުމާއި، ގެއްލުންދޭ ޙަރާމް ތަކެތިން އެއްކިބާވުން
* ކެއުމުގެ މަޖިލީހުގައި ތިބި އެހެން މީހުން އަނގަޔަށްލުމަށް ނަގާ ސުވާއަށް ނުބެލުން
* ފެންބޯ ތަށްޓަށް ނޭވާ ނުލުން
* ފެން ޖަގު ފަދަ ކަންވާރުތަކުގައި ތުން ނުޖެހުން
* ތިން ކޯވަރުން، ނޭވާލަމުން ފެން ބުއިން
* ކާބޯތަކެއްޗަށް ތަޢުރީފު ކުރުން
* ކައި ނިމިގެން ﷲ އަށް ޙަމްދުކުރުން
* ކާބޯތަކެތި މަޖިލީހުގައި ތިބި ބަޔަކާއި ހިއްސާކުރާ ނަމަ ކަނާތްފަރާތަށް އިސްކަން ދިނުން
* ޚިދުމަތް ދޭ މީހާ އެންމެ ފަހުން ކެއުން
* ރޭގަނޑު ބިސްމި ކިޔައި ކާބޯތަކެތީގެ ކަންވާރުތަކުގައި މަތިއެޅުން
* ޙާޖަތެއް މެދުވެރިވެގެން ނޫނީ ކޮޅަށް ހުރެގެން ކައިބޮއި ނެހެދުން
* ކެއުމުގެ ދަޢުވަތްތަކަށް އިޖާ ބަދިނުން
ނޯޓް: މިއީ ޝައިހް އަހުމަދު ރިމާޒުގެ ލިޔުއްވުމެކެވެ.