ގައުމީ ޔުނިވަސިޓީން ރޮބޮޓިކްސް ވޯކްޝޮޕެއް ބާއްވަން ތައްޔާރުވާން ފަށައިފި އެވެ.
އެމްއެންޔޫގެ ފެކަލްޓީ އޮފް އިންޖީނީއަރިން ސައިންސް އެންޑް ޓެކްނޮލޮޖީ އިން އިންތިޒާމުކޮށްގެން "އިންޓްރޮޑަކްޝަން ޓު ރޮބޮޓިކްސް" ނަމުގައި ބާއްވާ މި ވޯކްޝޮޕަކީ ގުރޭޑް 9 އިން މަތީގެ ދަރިވަރުންނަށް އަމާޒުކޮށްގެން ބާއްވާ ވޯކްޝޮޕެކެވެ.
މި ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މި މަހުގެ 17 ވަނަ ދުވަހުގެ ހެނދުނު 9:00 އިން މެންދުރު ފަހު 1:00 އަށެވެ.
ސޯސަންގޭގައި ބާއްވަން ހަމަޖެހިފައިވާ ވޯކްޝޮޕްގެ މަގުސަދަކީ ޓެކްނޮލޮޖީގެ ޒަރިއްޔާއިން ރޮބޮޓު އުފެއްދުމާއި ފަރުމާކުރުމުގެ އިތުރުން ރޮބޮޓު ހިންގުމާ ގުޅޭ ގޮތުން ކިޔަވާ ކުދިންނާއި ޒުވާނުން ހޭލުންތެރިކުރުވުމެވެ. އެގޮތުން، ރޮބޮޓިކްސްގެ އަސާސީ މަޢުލުމާތާއި، މައިކްރޯ ކޮންޓްރޯލަ އާއި މައިކްރޯ ޕްރޮސެސަ، ރޮބޮޓިކް އަލްގޮރިތަމްސް އެން ޔޫސް އޮފް އެންބެޑެޑް ސިސްޓަމްސް، ސެންސާސް ފަދަ ރޮބޮޓިކްސްއާ ގުޅުން ހުރި އެތަށް މަޢުޟޫއަކާ ގުޅޭ ގޮތުން ވޯކްޝޮޕްގައި މަޢުލުމާތު ހިއްސާ ކުރެވޭނެ އެވެ.
ވޯކްޝޮޕްގައި ބައިވެރިވާ ބޭނުންވާ ދަރިވަރުންނަށް މި ލިންކް ttps://docs.google.com/forms/d/e/1FAIpQLSePicdBe2JSfmRSg4qgAnflczLy7jtEY7GeqBF-rn1SE_QfkA/viewform އިން ރަޖިސްޓްރީ ކުރެވޭނެ އެވެ.