ކައިވެންޏާއި ޢާއިލީ ގުޅުންތަކާ ގުޅޭ ގޮތުން ރައްޔިތުން ހޭލުންތެރި ކުރުމަށް އަންނަ ހުކުރު ދުވަހުގެ ރޭ ބާއްވާ ފޯރަމެއްގައި ބައިވެރިވާން ހުޅުވާލައިފި އެވެ.
"مَوَدَّة ފޯރަމް" ގެ ނަމުގައި ސިލްސިލާކޮށް ބާއްވަން ނިންމާފައިވާ މި ފޯރަކީ އިސްލާމިކް މިނިސްޓްރީ އާއި
ފެމެލީ ކޯޓާ ގުޅިގެން ބާއްވަން ހަމަޖެހިފައިާ ފޯރަމެކެވެ.
އެގޮތުން އަންނަ ހުކުރު ދުވަހުގެ ރޭ ބާއްވާ ފުރަތަމަ ފޯރަމް އޮންނާނީ އިސްލާމީ މަރުކަޒުގަ ހޯލުގަ އެވެ. ފޯރަމް ކުރިއަށް ގެންދާނީ ހުކުރު ދުވަހުގެ ރޭ 8:30 އިން 10:00 އަށެވެ.
މީގައި ބައިވެރިވާން ޝައުގުވެރިވާ މީހުން މި މަހުގެ 15 ވަނަ ދުވަހުގެ 10:00 ގެ ކުރިން މި ލިންކް https://forms.office.com/Pages/DesignPageV2.aspx?subpage=design&FormId=sqDpq4twz0yUxSL_0SUEZ8BFLxjLRshOuoHZv9osLwxUQ1A3WE4zQlVLS0JYUDRVRVpVQ0MzT00wRy4u&Token=8e1ac49e17054f21b24d5fa655dcd63b މެދުވެރިކޮށް ރަޖިސްޓްރީވާން ޖެހެ އެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު އިސްލާމިކް މިނިސްޓްރީގެ އިސްލާމިކް އެޑިއުކޭޝަން އެންޑް އެވެއާނެސް ޔުނިޓުގެ އެސިސްޓެންޓް ޑިރެކްޓަރު ޒީނާ މުޙައްމަދު 9996372 ނުވަތަ އެޑްމިނިސްޓްރޭޓިވް އޮފިސަރު ފާޠިމަތު މޫނިފާ 9738899 އާ ގުޅައިގެން ހޯދޭނެ އެވެ.