Last Updated: November 24, 13:27
Sunday, November 24, 2024
ޚަބަރު

އައްޑޫ އަންހެނުންގެ ކޮމިޓީން ބެޑްމިންޓަން މުބާރާތެއް

އައްޑޫ އަންހެނުންގެ ކޮމިޓީގެ ރައީސާ، މޭޔަރު އަލީ ނިޒާރާ އެކީ.

އައްޑޫގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީން އިންތިޒާމުކޮށްގެން ބާއްވަން ހަމަޖެހިފައިވާ ބެޑްމިންޓަން މުބާރާތެއް ރާވައި ހިންގައި ދޭނެ ފަރާތެއް ހޯދަން ބީލަމަށް ހުޅުވާލައިފި އެވެ.

މިކަމާ ގުޅޭ ގޮތުން އައްޑޫ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ އެ މުބާރާތް ރާވައި ހިންގައި ދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 28 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މި ބީލަމުގައި ރަޖިސްޓްރީވުމުފެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 19 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

ރަޖިސްޓްރީ ވާނީ ކުންފުނި ނުވަތަ ވިޔަފާރީގެ ނަމާއި ފޯން ނަންބަރުގެ އިތުރުން މެއިލް އެޑްރެސް މި މެއިލް tender@adducity.gov.mv އަށް ފޮނުވައިގެންނެވެ.