ބޯކޮށް ވާރޭވެހި ފެންބޮޑުވާނެކަމަށް ލަފާކޮށް މެދުރާއްޖެތެރެއަށް އޮރެންޖް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން އޮރެންޖް އެލާޓް ނެރެފައިވަނީ ކ. އަތޮޅުން އދ. އަތޮޅާއި ދެމެދުގެ ސަރަހައްދަށް މެންދުރު 14:15 އިން ހަވީރު 18:15 އާ ހަމައަށެވެ.
މެޓް އޮފީހުން ބުނެފައިވަނީ މިވަގުތުގައި އެލާޓް ނެރެފައިވާ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ފެން ބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
Torrential rain expected to continue over Kaafu and AlifuDhaalu Atoll. pic.twitter.com/VQW9N37Qg5
— Maldives Meteorology (@MetMaldives) August 13, 2024
މީގެއިތުރުން މެޓް އޮފީހުން ވަނީ ކ. އަތޮޅުން އައްޑޫސިޓީއާއި ހަމައަށް އިރުއޮށްސި 18:30 އާ ހަމައަށް ވައިޓް އެލާޓްވެސް ނެރެފައެވެ. މިވަގުތުގައި ބޯކޮށް ވާރޭވެހި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.