ރާއްޖޭގެ ޓޫރިޒަމަށް އިންވެސްޓް ކުރަން ބަހްރެއިނާއެކު މަޝްވަރާތަކެއް ކުރިއަަށް ގެންގޮސްފި އެވެ.
މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ބަހްރެއިނަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އެގައުމުގެ ޓޫރިޒަމް މިނިސްޓަރު ފާތިމާ ބިންތު ޖައްފާރު އަލް ސައިރާފީއާ އެކު ބޭއްވި ބައްދަލުވުމުގަ އެވެ.
އެ ބައްދަލުވުމުގައި ބަހްރެއިންގެ ޓޫރިޒަމް މިނިސްޓަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ތައުރީފު ކުރައްވާފަ އެވެ.
އަދި ފަތުރުވެރިކަމުގައި ދެ ގައުމުން ގުޅިގެން ކުރެވޭނެ ކަންތައްތަކާއި ރާއްޖޭގައި ހުރި އިންވެސްޓްމެންޓުގެ ފުރުސަތުތަކާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ.
މިނިސްޓަރު ޒަމީރު ބަހްރެއިނަށް ވަޑައިގެންނެވީ އެގައުމުގެ ފޮރިން މިނިސްޓަރު ޑރ. އަބްދުލްއާތިފް ބިން ރާޝިދު އަލް ޒަޔާނީގެ ދައުވަތަކަށެވެ.
ހަތަރު ދުވަހުގެ މި ދަތުރުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން ބަހްރެއިންގެ ފޮރިން މިނިސްޓަރާއެކު ވާހަކަތައް ބާއްވާފައިވާއިރު، ޒަމީރު ގެންދަވަނީ ބަހްރެއިން ސަރުކާރުގެ އިސް ފަރާތްތަކާއި ވެސް ބައްދަލުކުރައްވަމުންނެވެ.