ޕާކިސްތާންގެ ޖާސޫސީ އިދާރާގެ ކުރީގެ ވެރިޔާ ލެފްޓިނަންޓް ޖެނެރަލް ފާއިޒު ހަމީދު ހައްޔަރުކޮށްފި އެވެ.
އޭނަ ހައްޔަރުކޮށްފައި ވަނީ މަގާމުގައި ހުންނެވި ދުވަސްވަރު މަގާމުގެ ނުފޫޒު ބޭނުން ކުރެއްވުމާއި އުސޫލުގެ ބޭރުގެ ޕްރައިވެޓް ބައެއް ވިޔަފާރިތައް ރެއިޑްކުރިކަމުގެ ތުހުމަތުތަކެއްކޮށްފައި ވަނިކޮށެވެ.
ފާއިޒު ހައްޔަރު ކުރުމާ ގުޅިގެގެން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާ އިރު، އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ އޭނަ އޭނަ ހައްޔަރުކުރީ ކުރީގެ ބޮޑުވަޒީރުގެ އިމްރާން ޚާނާ ގާތް ގުޅުމެއް އޮންނާތީ ކަމަށެވެ. އަދި މިއީ ސަރުކާރާ ދެކޮޅު، އިސް މީހުން ހައްޔަރު ކުރަން ފެށުމުގެ ސިލްސިލާއަކަށް ވެސް ވެދާނެ ކަމަށް އިދިކު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
ޕާކިސްތާންގެ އިންޓަ-ސާވިސެސް އިންޓެލިޖެންސް (އައިއެސްއައި) ގެ ވެރިޔާގެ މަގާމު ފާއިޒު އަދާކުރެއްވީ އިމްރާންގެ ވެރިކަމުގެ ތެރޭގައި 2019-2021 އަށެވެ. އިމްރާންގެ މައްޗަށް އިތުރުބާރު ނެތްކަމުގެ ވޯޓެއް ނަގައި ބޮޑުވަޒީރުކަމުން ވަކިކުރީ 2022 ގެ އެޕްރީލް މަހުގެ ތެރޭގަ އެވެ.
ފާއިޒު ހައްޔަރު ކުރުމާ ގުޅޭ ގޮތުން ޕާކިސްތާންގެ އަސްކަރިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނީ ސުޕްރީމް ކޯޓްގެ އަމުރަކަށް ކަމަށާއި ފާއިޒުގެ މައްސަލާގައި މިހާރު "ފީލްޑް ޖެނެރަލް ކޯޓް މާޝަލް" މަރުހަލާ ވެސް ކުރިއަށްދާ ކަމަށެވެ.