އިންޑިއާގެ ތަރިންތަކެއް ހިމަނައިގެން ގެނެސްދޭން ހަމަޖެހިފައިވާ "ދަ ރޯޔަލްސް" ގެ ޓީޒާ ޓްރެއިލާއެއް ދައްކާލައިފި އެވެ.
މި ސީރީޒަކީ ކާމިޔާބު ފިލްމުުތަކެއް ގެނެސްދީފައިވާ ޕްރިޓިޝް ނަންޑީ ކޮމިއުނިކޭޝަންސްް ޕީއެންސީ) އާއި ނެޓްފްލިކްސް ގުޅިގެން ހަދާފައިވާ ސީރީޒެކެވެ.
މި ޒަމާނުގެ ލޯބި ދައްކުވައިދޭ "ދަ ރޯޔަލްސް" ގެ ކާސްޓްގައި އިޝާން ޚައްތަރު، ބޫމީ ޕިޑްނޭކަރް، ނޯރާ ފަތުހީ، ޑީނޯ މޯރިިއާ، ޒީނަތު އަމަން، ސާކްޝީ ތަންވަރު، މިލިންދު ސޯމަން، ޗަންކީ ޕާންޑޭ އަދި ވިހާން ސަމިތު ފަދަ ފަންނާނުން ހިމެނެ އެވެ.
މީގެ ޑައިރެކްޓަރުންނަކީ ނުޕޫރް އާސްތާނާ އާއި ޕްރިޔަންކާ ގޯސް އެވެ. ކުރިން ވެސް "ފޯ މޯ ޝޮޓްސް" ފަދަ ކާމިޔާބު ސީރީޒްތަކުގައި ހިއްސާވާ ނުޕޫރަކީ ސޯނަމް ކަޕޫރާއި އަޔޫޝްމަން ކްރާނާގެ "ބޭވަކޫފިޔާން" އާއި ސާގިބް ސަލީމްގެ "މުޖްސޭ ފްރާންޑްޝިޕް ކަރޯގޭ" ގެނެސްދިން ޑައިރެކްޓަރު ވެސް މެ އެވެ.
ޕީއެންސީން އަލަށް ވެބް ސީރީޒެއް ގެނެސްދޭން ތައްޔާރުވަމުން އަންނަ އިރު، އެތަނުން ގެނެސްދީފައިވާ ފިލްމުތަކުގެ ތެރޭގައި "ސުރް"، "ކާންޓޭ"، "ޖަންކާރް ބީޓްސް"، "ޗަމޭލީ"، "ޕިޔާރު ކޭ ސައިޑް އިފެކްޓްސް" އަދި "ޝާދީ ކޭ ސައިޑް އިފެކްޓްސް" ފާހަގަކޮށްލެވެ އެވެ.
"ދަ ރޯޔަލްސް" ޕްރީމިއާކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.