ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސިހުރު ހެދިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހައްޔަރުކުރި ސްޓޭޓް މިނިސްޓަރު ޝަމްނާޒް ސަލީމުގެ މައްޗަށް ދައުވާ ނުކުރަން ނިންމައިފިއެވެ.
މިމައްސަލައިގައި ޝަމްނާޒްގެ އިތުރުން ހުސެއިން ސަމީރުގެ މައްޗަށް ދައުވާ ކޮށްދޭން ފުލުހުން ޕީޖީއަށް ފޮނުވިއެވެ.
އެހެންނަމަވެސް މިމައްސަލައިގައި ހެކި ނެތުމުން ދައުވާ ނުކުރަން ނިންމާފައިވާ ކަމަށް މައުލޫމާތުލިބެއެވެ.
މިމައްސަލައިގައި ތިން މީހަކު ހައްޔަރު ކުރިއިރު އެމީހުންގެ ބަންދު މުއްދަތުވެސް ޖަހާފައިވެއެވެ. އެހެންނަމަވެސް އެމީހުން މިހާރު ތިބީ ދޫކޮށްލާފައެވެ.
ޝަމްނާޒަކީ ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒުގެ ކުރީގެ އަނބިކަނބަލުންނެވެ. އާދަމް ރަމީޒުގެ މައްޗަށް މިމައްސަލައިގެ ތުހުމަތު ނުކުރެވުނު ނަމަވެސް އޭނާ ހުރީ މަގާމުން ސަސްޕެންޑް ކޮށްފައެވެ. އަދި ޝަމްނާޒްވެސް ހުރީ މަގާމުން ސަސްޕެންޑް ކޮށްފައެވެ.