Last Updated: November 27, 13:36
Wednesday, November 27, 2024
ޚަބަރު

މުސާރައެއް ލިބޭ މަގާމަކަށް ނުދާނަން: ފާރިސް

އެމްއާރްއެމްގެ ރައީސް އަހުމަދު ފާރިސް މައުމޫން

އެއްވެސް ސަރުކާރެއްގައި މުސާރައެއް ލިބޭ މަގާމަކަށް ނުދާނެ ކަމަށް އެމްއާރްއެމްގެ ރައީސް އަހުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.

ޓީވީ ޕްރޮގްރާމެއްގައި ރޭ ވާހަކަ ދައްކަވަމުން ފާރިސް ވިދާޅުވީ މުސާރައެއް ލިބޭ މަގާމަކަށް ނުދާނެ ކަމަށާއި ނަމަވެސް ހުރި ފެންވަރަކުން ރައްޔިތުންނަށް ހިދުމަތެއް ކޮށްދިނުމަކީ ބޭނުންވާ ކަމެއް ކަމަށެވެ.

"އެހެން ނަމަވެސް މުސާރައެއް ނަގާ ގޮތަކަށް މި ސަރުކާރަކަށް ވެސް އަދި އެހެން ސަރުކާރަކަށް ވެސް ހިދުމަތް ކުރާކަށް ނުވިސްނަން،" ފާރިސް ވިދާޅުވި އެވެ.

ފާރިސް ވަނީ ރާއްޖޭގެ ހާލަތު ވަރަށް ބޮޑުތަން ރަނގަޅު ނުވެއްޖެ ހިނދެއްގައި ދެން އޮންނަ ރިޔާސީ އިންތިހާބެއްގައި ވެސް ވާދަކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެންމެފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ފާރިސް ވާދަކުރެއްވިއިރު، އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި އަށް ކެންޑިޑޭޓުންގެ ތެރެއިން ހަ ވަނައަށް އެންމެ ގިނަ ވޯޓު ކާމިޔާބު ކުރެއްވީ ފާރިސް އެވެ. އެއީ 2،979 ވޯޓެވެ.