"ޕިޗް ރައިޓިންގ" މުބާރާތެއް ބާއްވަން ނިންމައިފި އެވެ.
ޔޫތު މިނިސްޓްރީން އިންތިޒާމުކުރާ މި މުބާރާތަކީ މި މަހު ފާހަގަކުރި ޒުވާނުންގެ ދުވަހާ ގުޅުވައިގެން އދ. ކަނޑައަޅާފައިވާ ޝިއާރު "ފްރޮމް ކްލިކްސް ޓު ޕްރޮގްރެސް: ޔޫތު ޑިޖިޓަލް ޕާތްވޭސް ފޯ ސަސްޓޭނަބަލް ޑިވަލޮޕްމަންޓް" އާ ގުޅޭ ގޮތުން ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ މުބާރާތެކެވެ.
މި މުބާރާތަށް ހުށަހަޅާ އެންމެ ރަނގަޅު ތިން ޕިޗް ހޮވައި އިނާމު ދޭނެ އެވެ.
އެހެންވެ މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ އުމުރުން 16-35 އަހަރާ ދެމެދުގެ ގެ މީހުންނަށް މި މަހުގެ 31 އާ ހަމައަށް ވަނީ ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. ބައިވެރިވާނީ މި މެއިލް އީމެއިލް އެޑްރެސް info@youth.gov.mv މެދުވެރިކޮށެވެ.
ޒުވާނުންގެ ދުވަހަކީ އޮގަސްޓް 12 އެވެ.