އޭ ލެވެލް އަށް ކިޔަވާ ދަރިވަރުންނަށް ސަރުކާރުން ފީ ދައްކައި ދޭނީ، ސަރުކާރުގެ އޭ ލެވެލް ސްކޫލަކަށް އެޕްލައިކޮށްގެން ޖާގަ ނުލިބިއްޖެ ނަމަ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާ ޕޯސްޓެއްގައި މިނިސްޓަރު މިއަދު ވިދާޅުވީ ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕްގެ ސްކޫލެއްގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ތެރެއިން މިހާރު ފީ ލިބެމުންދާ ދަރިވަރުންނަށް އެ ދަރިވަރުން ގްރޭޑް 12 ނިމެންދެން މި މިނިސްޓްރީގެ ފަރާތުން ފީ ދައްކަމުން ގެންދާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، އެ ބަދަލު ގެނައީ މާލެ ސަރަހައްދުގައި މާލޭގެ ސީއެޗްއެސްއީ އާއި ހުޅުމާލޭގެ ސީއެޗްއެސްއީގައި ކިޔެވުމުގެ ފުރުސަތު ތަނަވަސްވުމާ ގުޅިގެން ކަމަށެވެ. އަދި ބަދަލު ގެނައި ނަމަވެސް މާލޭގެ ކޮމިޔުނިޓީ ސްކޫލް (އަވަށު ސްކޫލް) ތަކަށް މިހާރު ވެސް ފީ ލިބެމުންދާ އުސޫލުން ފީ ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އޯ ލެވެލްގެ އިމްތިހާނުތަކުގެ ނަތީޖާ މި ހަފުތާގައި ލިބިފައިވާތީ އޯ ލެވެލް އަށް ކިޔެވުމަށް ސަރުކާރުގެ ސްކޫލްތަކުން މިހާރު އޮތީ ފުރުސަތު ހުޅުވާލައިފަ އެވެ.