އިއްޔެ ރިލީސްކުރި، މޭޑް މެކްސް އެކްޝަން-އެޑްވެންޗަރ ސީރީސްގެ އާ ފިލްމް، "މޭޑް މެކްސް: ފިއުރީ ރޯޑް" އަކީ 2015 އަހަރު ހޮލީވުޑް އިން ނެރޭނެ އެންމެ މޮޅު ފިލްމްކަމުގައި ގިނަ މޫވީ ރިވިއުތަކުން ދައްކަން ފަށައިފިއެވ.
މިފިލްމަކީ މުސްތަޤްބަލުގެ ދުރު ކޮންމެވެސް ހިސާބެއްގައި، އިންސާނީ ދަރިފަސްކޮޅު ވީރާނާވެ ޢާއްމު ޙާލަތު ގެއްލިފައިވާ ދަނޑިވަޅެއްގައި، އެކަކު އަނެކަކަށް ޒަރޫރީ ބޭނުންތައް ފުއްދުމަށާއި ފުރާނަ ސަލާމަތްކުރުމަށްޓަކައި ކުރާ ހަނގުރާމަ ދައްކުވައިދޭ ފިލްމެކެވެ.
މިފިލްމް ގައި ޓޮމް ހާޑީ (މެކްސް) އަކީ ތަނެއް ފަޅާލާފަވެސް ކުރަން ބޭނުންވާ ކަމެއް ކުރަމުން ދިޔަ މީހެކެވެ. ނަމަވެސް ކުއްލި ތަދުމަޑު ކަމުގެ ސަބަބު އަންހެނުންނާއި ދަރިފުޅު ދުނިޔެ ދޫކޮށް، އެމާޔޫސްކަމުގައި އެކަހެރި ވަގުތުކޮޅެ ހޯދުމަށް މަސަކަތް ކުރަމުން ދިޔައެވެ.
މަޝްހޫރު އެކްޓްރެސް، ޗާލީޒް ތެރޮން (ފިއުރިއޯސާ) އަކީ ވެސް އެހާމެ ޙަރަކާތްތެރިކޮށް ހަނގުރާމަ ކުރަމުން ދިޔަ މީހެކެވެ. އޭނާ ޤަބޫލުކުރާ ގޮތުގައި، އިންސާނީ ދަރި ފަސްކޮޅަށް އަމާންކަމާއި އެކު ދެމި އޮވެވޭނެ ހަމައެކަނި ގޮތަކީ، ސަހަރާ ހުރަސްކޮށް، އޭނާ ކުޑައިރު އުޅުނު ގެދޮރަށް އެނބުރި ގޮސް ގެނެވެ.
މިއީ 100 މިލިއަން ޑޮލަރުގެ ބަޖެޓަކުން ތައްޔާރުކޮށްފައިވާ އަގު ބޮޑު ފިލްމެކެވެ. www.madmaxmovie.com