Last Updated: November 25, 05:48
Monday, November 25, 2024
ޚަބަރު

ޓީޓީ މުބާރާތަކަށް ހުޅުވާލައިފި

މި މަހު ބާއްވަން ހަމަޖެހިފައިވާ "ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕް" ގައި ބައިވެރިވާން ހުޅުވާލައިފި އެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަނުން މުބާރާތް އޮޮންނާނީ މި މަހުގެ 25-30 އަށް ކަމަށެވެ. އެހެންވެ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީޓީ ކުޅުންތެރިންނަށް ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 21 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

މުބާރާތާ ބެހޭ އިތުރު މަޢުލުމާތު 7778722 އަދި 7779140 އިން ހޯދޭނެ އެވެ. އަދި މި މެއިލް ttmaldives@gmail.com މެދުވެރިކޮށް ވެސް ހޯދޭނެ އެވެ. ގުޅުއްވުން ނުވަތަ އަށް އީމެއިލް ކުރެއްވުން އެދެމެވެ.

މުބާރާތް ރޭވިފައިވާ ގޮތް:

* 13 އަހަރުންދަށް (ސިންގަލްސް)
* 15 އަހަރުންދަށް (ސިންގަލްސް އަދި ޑަބަލްސް)
* 17 އަހަރުންދަށް (ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސް)
* 19 އަހަރުންދަށް (ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސް)
* 1 ވަނަ ޑިވިޝަން (ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސް)
* 2 ވަނަ ޑިވިޝަން (ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސް)
* ވެޓަރަންސް (ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސް)

ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ބުނީ މުބާރާތުގައި ބައިވެރިވާން އެދި ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ 21 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ކަމަށެވެ.