ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ ފަރާތްތަކާ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ހޯމްލޭންޑް މިނިސްޓްރީން ބުނީ އެ ބައްދަލުވުން އޮންނާނީ އަންނަ އަންގާރަ ދުވަހު ކަމަށެވެ. އެހެންވެ އެ ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މާދަމާ މެންދުރު 12:00 ގެ ކުރިން ރަޖިސްޓްރީވާން އެދިފައިވެ އެވެ. މި ލިންކް https://forms.office.com/pages/responsepage.aspx?id=drcbA0NStUGJmynlqfaEDYLJTEN7CRBOsx8FhISQ3wFUMloyVDhPRDFOTU9JMUwzOTZNWURBUEw5NCQlQCN0PWcu&fbclid=IwY2xjawEuYKZleHRuA2FlbQIxMAABHWnHSx0PKgphmq8CwantaCfuzY5uuGsJryu7nsV8H4wp6cTQRuUOH4n72g_aem_GmYVEQNTvsBQPYofLZC0Ww އިން ރަޖިސްޓްރީ ކުރެވޭނެ އެވެ.
މިނިސްޓްރީން ބުނީ ހޯމް މިނިސްޓްރީން ބުނީ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި ގަޑި، ބައިވެރިވާ ފަރާތްތަކަށް ވަކިން އަންގާނެ ކަމަށެވެ.
ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ ފަރާތްތަކާ މިނިސްޓަރު ބައްދަލު ކުރައްވަން ހަމަޖެހުނު އިރު، ރާއްޖޭގައި މަސައްކަތްކޔރާ ހުރިހާ ބިދޭސީންގެ މައުލޫމާތު އެއްކޮށް އެ މީހުންގެ ގަވައިދުގެ ތެރެއަށް ފައްތަން މިހާރު އަންނަނީ "ކުރަނގި" ގެ ނަމުގައި މުޅި ރާއްޖޭގައި އޮޕަރޭޝަނެއް ހިންގަމުންނެވެ. އަދި ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން އަތުލައި ގަނެ، އެ މީހުން ފުރުވައިލުމުގެ އޮޕަރޭޝަނެއް ވެސް އިމިގްރޭޝަން އިސްކޮށް އޮވެގެން އަންނަނީ ހިންގަމުންނެވެ.
ބޭނުންކުރާ ފަރާތްތަކާ މިނިސްޓަރު ބައްދަލުކުރެއްވުމަށް ނިންމަވާފައިވަނީ ހޯމް މިނިސްޓްރީން އިމިގްރޭޝަންއާ ގުޅިގެން ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ޑީޕޯޓްކުރުމުގެ އޮޕަރޭޝަނެއް ފަށާފައި ވަނިކޮށެވެ.