Last Updated: November 24, 11:53
Sunday, November 24, 2024
ޚަބަރު

ދިރާސާތައް ކުރުން އިތުރު ކުރަން ޖެހޭ: ރައީސް

ދިރާސާތައް ކުރުން ވަރަށް މުހިއްމި ކަމަށާއި އޭގެ އަލީގައި ރާއްޖޭގެ އިގުތިސާދީ ފުދުންތެރިކަން އިތުރު ކުރަން ކުރާ މަސައްކަތްތަކަށް ބޮޑެތި ޙައްލުތަކެއް ހޯދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ގައުމީ ޔުނިވަސިޓީން މިއަދު ފެށި "ހަތް ވަނަ ތެލެވި ކޮންފަރެންސް" ޝަރަފުވެރިކޮށް ދެއްވައި ރައީސް ވިދާޅުވީ ދިރާސާތަކަކީ ހަމައެކަނި ތަޢުލީމާއި ސިޔާސަތުތައް ހެދުމުގެ ބޭނުމަށް ކުރެވޭ މަސައްކަތެއް ނޫން ކަމަށެވެ. އަދި މިއީ އެއަށް ވުރެ ފުޅާކޮށް ގައުމަށް ފައިދާހުރި ސިނާޢަތްތައް ކުރިއަރުވައި ކުރިމަގުގައި ފުދުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ވެސް ކުރެވޭނެ އެންމެ މުހިންމު މަސައްކަތެއްކަން ފާހަގަކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖެ ފަދަ ކުޑަ ޤައުމަކަށް ވަރަށް ގިނަ ގޮންޖެހުންތައް އެބަހުރި ކަމަށެވެ. އެގޮތުން ތިމާވެށީގެ މައްސަލަތަކާއި އާންމު ޞިއްޙަތު ކުރިއެރުވުމާއި، ޒަމާނީ ޓެކްނޮލޮޖީގެ ނިޒާމަކަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގައި ހުރި ގޮންޖެހުންތައް ގިރާކުރުމަށްޓައި އެންމެ މުހިންމު އެއް ކަމަކީ މައްސަލަތައް ދިރާސާކޮށް އެކަންކަން ހައްލުކުރުމަށް ހުރި ފިޔަވަޅުތައް ދެނެގަތުން ކަމަށް ރައީސް ވިދާޅުވިި އެވެ.

އެ މަނިކުފާނ ވިދާޅުވީ ގައުމުގެ އިގުތިސާދޫ ޙާލަތު ރަނގަޅުކުރުމާ ދިމާއަށް މިސްރާބު ޖަހާފައިވާ އިރު، އެ ޙައްލުތައް ހޯދުމުގައި ދިރާސާތަކުގެ މުހިއްމުކަން އިންތިހާ އަށް ބޮޑު ކަމަށެވެ.

އެހެންވެ ދިރާސާކުރުމާއި އިޖާދީ ވިސްނުންތަކަށް އިސްކަން ދިނުމުގެ ގޮތުން ދިރާސާއަށް ޚާއްސަކޮށްގެން ޚާއްސަ ގްރާންޓެއް ދޭން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށް ކުރިމަގަށް ގިނަ މުހިންމު ކަންތައްތަކެއް ސަރުކާރުން ވަނީ ރާވާފައި. ދަނޑުވެރިކަން، މަސްވެރިކަމުގެ ސިނާޢަތް، ތިމާވެށީގެ އިޖާދުތައް، އާއްމު ސިއްޙަތާ ގުޅޭ ކަންކަން، ފަތުވެރިކަން ފަދަ ދާއިރާތަކުން ގިނަ އިންވެސްޓްމަންޓްތަކެއް އަންނާނެ،" ރައީސް ވިދާޅުވި އެވެ. "މިކަމަށް ދިރާސާ ބޭނުންވޭ ދިރާސާތައް. އެ ދިރާސާތަކަށް ބޭނުންވާ އެހީތެރިކަންވެސް ދޭން ސަރުކާރުން ނިންމާފައި ވަނީ."

ރައީސް ވިދާޅުވި ގޮތުގައި ދިރާސާކުރުމުގެ މަސައްކަތުގައި ސަރުކާރާއި ޕްރައިވެޓް ސެކްޓަރާއި ތަޢުލީމީ މަރުކަޒުތައް ގުޅިގެން މަސައްކަތް ކުރެވިއްޖެ ނަމަ، މުޖުތަމަޢުގައި ހުރި ބޮޑެތި މައްސަލަތަކަށް ރަނގަޅު ޙައްލުތަކެއް ހޯދޭ އެވެ. އަދި ރާއްޖެއަކީ ކުރިމަގުގައި ތައުލީމީ ހަބަކަށް ވެސް ހެދިދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

"މިއީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކުރެވިދާނެ މަސައްކަތެއް. ސަރަޙައްދީ އަދި ދުނިޔޭގެ ފެންވަރުގައިވެސް ފާހަކުރެވޭ ދިރާސާތަކެއް ރާއްޖޭގައި ކުރިއަށްގެން ދެވިދާނެ،" ރައީސް ވިދާޅުވި އެވެ. "އެގޮތުން ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ކުރިއެރުމަށް ބޭނުންވާ އެކިއެކި ދާއިރާތަކުން ވެސް ރާއްޖޭގައި ދިރާސާތައް ކުރިއަށް ގެންދެވޭނެ ފުރުޞަތު އެބައޮތް."