ރާއްޖޭގެ އެންމެ ބޮޑު އިޖުތިމާއި މައްސަލަ ކަމަށްޗާ މަސްތުވާތަކެތީގެ މައްސަލައިގެ ހާލަތު ދެނެގަތުމަށް އަލުން ދިރާސާއެއް ކުރަން ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އިން ނިންމައިފި އެވެ.
އެ އެޖެންސީގެ ޗައިސް ޗެއާ ޕާސަން އިސްމާއިލް ޒާހިރު ޓީވީ ޕްރޮގްރާމެއްގައި ވިދާޅުވީޕްރޮގްރާމްގައެވެ. މި ޕްރޮގަރާމްގައި ޒާހިރު އެފަދަ ދިރާސާއެއް އެންމެ ފަހުން ހެދީ 2011 ގައި ކަމަށެވެ.
އޭނަ ވިދާޅުވީ އަލަށމި ހަދާ ދިރާސާގައި މައިގަނޑު ގޮތެއްގައި ބަލަން ބޭނުން ވަނީ ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އަދަދާއި އެ މީހުންގެ އުމުރުފުރާގެ އިތުރުން ބޭނުން ކުރާ މަސްތުވާތަކެތީގެ ބާވަތްތައް ކަމަށެވެ. ޒާހިރު ވިދާޅުވީ އެ މައުލޫމާތުތައް އެކި އިދާރާތަކުގައި ހުރި ކަމަށާއި ނަމަވެސް ދިރާސާއެއްގެ ގޮތުގައި އެއްތަނަކުން މި މައުލޫމާތުތައް ފެންނަން ނެތް ކަމަށެވެ.
އެހެންވެ އެންޑީއޭ އާއި ފުލުހުންނާއި ޑްރގް ކޯޓުގައި ހުރި މައުލޫމާތުތައް ބޭނުންކޮށްގެން ހާލަތު ދެނެގަތުމުގެ ދިރާސާއެއް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވިއެވެ.
ޒާހިރު ވިދާޅުވި ގޮތުގައި ދިރާސާގެ އަލީގައި ލިބޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް ފަރުވާ ދިނުމުގެ ކަންކަން ހަރުދަނާކޮށް މި ވަބާއިން ރާއްޖެ ސަލާމަތް ކުރަން މުހިއްމު ބޮޑެތި މަސައްކަތްތަކެއް ކުރެވޭނެ އެވެ.
އޭނަ ފާހަގަކުރެއްވި ގޮތުގައި މަސްތުވާތަކެތީގެ މައްސަލަ އަށް ހައްލެއް ހޯދަން ކުރެވޭ މަސައްކަތުގެ ތެރެއިން މަސްތުވާތަކެއްޗާ ގުޅޭ ގާނޫނަށް މުހިއްމު ބޮޑެތި އިސްލާހުތަކެއް މިހާރު ގެނެސްފައި ވާނެ އެވެ. އެގޮތުން ރާއްޖެއަށް 500 ގްރާމަށް ވުރެ އިތުރަށް މަސްތުވާތަކެތި އެތެރެކުރާ ނަމަ އަދަބަކީ މަރުގެ އަދަބުކަމަށް ބިލުގައި ކަނޑައަޅާފައިވާކަން ވެސް ޒާހިރު ފާހަގަ ކުރެއްވި
އެވެ.