Last Updated: April 19, 23:09
Saturday, April 19, 2025
ޚަބަރު

ކުޑަކުދިންނަށް ދޭ ބޭހެއް ބޭނުން ކުރުން މަނާކޮށްފި

ކެއްސާތީ ކުޑަކުދިންނަށްދޭ ކޮފްސީ ސިރަޕް ވިއްކުން މަނާ ކޮށްފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ބުނެފައިވަނީ، ރާއްޖެ އެތެރެކޮށް ބޭނުންކުރަމުންދާ ކޮފްސީ ސިރަޕްގައި ކުނޑި ކޮޅުތަކެއް ހުންނަކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

މި ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރުމަސްޓަކައި މިކަންތައް އިތުރަށް ބެލުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމްއެފްޑިއޭއިން ބުނެފައިވެއެވެ.

އެހެންކަމުން މިމައްސަލަ ބެލުމަށްފަހު ވަކި ގޮތެއް އަންގަންދެން މި ޕްރޮޑަކްޓް ރާއްޖެ އެތެރެ ކުރުމާއި ވިއްކުމާއި ބޭނުންކުރުމަކީ މަނާކަމެއް ކަމަށް އެމްއެފްޑީއޭއިން ބުނެފައިވެއެވެ.