Last Updated: November 25, 09:26
Monday, November 25, 2024
ޚަބަރު

ހައްޔަރުކުރި މުދިމުގެ ވަނަވަރު އާންމުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ކ. ކާށިދޫން ހައްޔަރުކުރި މުދިމުގެ ވަނަވަރު އާންމުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކުރީ ކާށިދޫ، ޝަބްނަމްގެ، ޣާނިމް ސަލީމް، 37، ކަމަށެވެ. މަސްތުވާތަކެތީގެ މައްސަލައެއްގައި އޭނަ ހައްޔަރުކުރީ އިއްޔެ ރެ އެވެ. އަދި ބަންދަށް ކާށިދޫ މެޖިސްޓްރޭޓް ކޯޓުން 15 ދުވަސް ޖަހާފައިވެ އެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ އިރު، ޣާނިމަކީ ކުރިން ވެސް މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި މީހެކެވެ. އެ ފަހަރު އެ މައްސަލައިގައި އޭނާ ހުރި މަގާމުން ވެސް ވަކިކުރި އެވެ.

އަދި ކުރިންވެސް މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި މީހެެކެވެ. އެ ފަހަރު އެ މައްސަލައިގައި އޭނާ ހުރި މަގާމުން ވެސް ވަކިކުރި އެވެ. އަދި ޣާނިމަށް އަލުން ވަޒީފާ ލިބުނީ ވަޒީފާ އިން ވަކިކުރި މައްސަލަ ޓްރައިބިއުނަލަށް ހުށައަޅައިގެން މައްސަލަ ކާމިޔާބުވުމާ ގުޅިގެންނެވެ.