ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ހުޅުމާލެ އިން ފްލެޓެއް ބައްލަވައިގެންފި އެވެ.
މިނިސްޓަރު 3.1 މިލިއަން ރުފިޔާ އަށް ފްލެޓެއް ބައްލަވައިގެންނެވީ އެފްޑަބްލިއު ރެސިޑެންސްއިން ނެވެ. އެ މުއާމަލާތަށް ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ވެސް ދައްކަވައި ހަލާސްކޮށްފައިވާތީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީ) އިން ވަނީ އެ ފްލެޓް ހަލީލްގެ ނަން މައްޗަށް ބަދަލުކުރަން ސިވިލް ކޯޓަށް ހުށަހެޅުން މި މަހުގެ 7 ގައި ކޯޓުން ވަނީ އޭނަގެ ނަން މައްޗަށް އެ ފްލެޓް ރަޖިސްޓްރީކޮށް ދީފަ އެވެ.
ފ. ނިލަންދު އަށް ނިސްބަތްވާ ހަލީލަކީ ކުތިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. އެއީ 18 ވަނަ މަޖިލީހުގައި 2014-2019 އަށެވެ.