ނ. ކެނދިކުޅުދޫގައި 50 އެނދުގެ އީކޯ ލަގްޒަރީ ހޮޓަލެއް ތަރައްގީކުރަން ބަޔަކާ އެކީ އެެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެ ރަށު ކައުންސިލުން މި އެއްބަސްވުން ހަދާފައި ވަނީ ސްޓާކެން ކޮންސަލްޓިންގް ޕްރައިވެޑް ލިމިޓެޑާ އެކު އެވެ.
ކެނދިކުޅުދޫ ކުޅީގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ސްޓާކެންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ އެ ކުންފުނީގެ ޑިރެކްޓަރު ސާމިހު މުހައްމަދެވެ. އަދި ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލުގެ ރައީސް މުހައްމަދު ރައޫފެވެ.
ކައުންސިލުން ބުނީ މިއީ އެ ރަށަށް ޓޫރިޒަމް ގެނައުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ވަރަށް ބޮޑު ޕްރޮޖެކްޓެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ބޮޑެތި ޕްރޮޖެކްޓްތައް ހިންގަން ރޭވިފައިވާ ކަމަށެވެ.
އިކޯ ހޮޓާ އެޅުމުގެ އެއްބަސްވުމުގެ ދަށުން، ކެނދިކުޅުދޫން އެއް ހެކްޓަރު ބިން ދީފައި ވަނީ 50 އަހަރުގެ މުއްދަތަކަށެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވެފައިވާއިރު ސްޓާކެން ކުންފުނިން 80 މިލިއަން ރުފިޔާ މި ކަމަށް ހަރަދުކުރާނެ އެވެ.
އަދި މަޝްރޫއު ނިންމަން އަމާޒު ހިފާފައި އޮތީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހަށެވެ. ނިންމާލެވޭނެ ކަމަށް އެކުންފުނިން ލަފާކުރެ އެވެ.