ގަވާއިދާ ހިލާފަށް ހުޅުމާލެއިން ބިން ވިއްކަމުން ނުދާ ކަމަށާއި އެފަދަ މުއާމަލާތްތައް ކުރިއަށް ގެންދަނީ ގާނޫނާއި ގަވައިދުތަކުގެ ތެރެއިން ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީ) އިން ބުނެފި އެވެ.
އެ ކުންފުނުން ގަވައިދާ ހިލާފަށް ބިން ވިއްކަމުންދާ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ އެޗްޑީސީން ބުނީ ގަވާއިދާއި ހިލާފަށް ބިން ވިއްކާ ކަމަށް ބުނެ ފަތުރަމުން ދަނީ ދޮގު ވާހަކަތަކެއް ކަމަށާއި އެކަން ކުށްވެރިކުރާ ކަމަށެވެ.
އެޗްޑީސީން ބުނީ މި ސަރުކާރު އައި ފަހުން ދެ ފަހަރެއްގެ މަތިން ހުޅުމާލެއިން ބިން ވިއްކުމުގެ މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާނީ ބީލަމަށް ހުޅުވާލައިގެން ބީލަން މަރުޙަލާގެ ކަންކަން ހިނގާނެ ގޮތުގެ ތަފްސީލު ވެސް ހާމަކޮށް ކަމަށް ބުންޏެވެ.
އެހެންވެ ގަވައިދާ ހިލާފަށް އެޗްޑީސީން ބިން ވިއްކަމުންދާ ކަމަށް ބުނެ ހަގީގަތާ ހިލާފު ވާހަކަތައް ފަތުރަނީ ރައްޔިތުންގެ ހިތުގައި ކުންފުންޏާ މެދު އޮތް އިތުބާރު ކިލަނބުވާ ގޮތަށް ކަމަށް ބުންޏެވެ.
އެޗްޑީސީން ބުނީ ކުރީގެ ސަރުކާރުން ހުޅުމާލޭގެ މާސްޓަ ޕްލޭނާ ހިލާފަށް ބިން ދޫކުރުމުގެ ސަބަބުން ގިނަ ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި ހުޅުމާލޭގައި މި ވަގުތު ހުރި ބިންތައް ވިއްކުމާއި ޢާއްމު އިޖުތިމާޢީ ކަންކަމަށް ބިން ދޫކުރާނީ ހުޅުމާލޭގެ ހިތްފަސޭހަކަން ނުގެއްލޭ ގޮތަށް އެޗްޑީސީން ބުންޏެވެ.