ޖަލުގައި މިހާރު ހުންނެވި ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އޮކްސްފޯޑް ޔުނިވަސިޓީގެ ޗާންސެލަރު މަގާމަށް އެޕްލައި ކުރައްވާފައިވާ ކަމަށް ބުނެފި އެވެ
މިކަން ހާމަކޮށް އިމްރާންގެ ޕާޓީ، ތަހުރީކޭ އިންސާފު ޕީޓީއައި) އިން ވެސް އެ ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެ އެވެ. އަދި އޮކްސްފޯޑް ޔުނިވަސިޓީގެ ޗާންސެލަރު މަގާމަށް އިމްރާން އެޕްލައި ކުރެއްވިކަން އޭނަގެ ސަރުކާރުގެ ދުވަސްވަރު ސްޕެޝަލް އެސިސްޓެންޓެއްގެ މަގާމު އަދާކުރެއްވި ޒުލްފީ ބުހާރީ ކަށަވަރުކޮށް ދެއްވާފައިވާ ކަމަށް ވެސް އިމްރާންގެ ޕާޓީން ބުނެފައިވެ އެވެ
ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ޔުނިވަސިޓީތަކުގެ ތެރޭގައި ހިމެނޭ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީގެ ޗާންސެލަރުގެ މަގާމުގައި މިހާރު ހުންނެވީ ކްރިސް ޕެޓެން އެވެ. ފެބްރުއަރީގައި އޭނަ ވަނީ މަގާމުން އިސްތިއުފާ ދެއްވަން ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެވެ.
ދެހާސް އަށާރައިގައި ބޮޑުވަޒީރަކަށް ވަޑައިގެންނެވި އިމްރާންގެ މައްޗަށް އިރުބާރު ނެތްކަމުގެ ވޯޓެއް ނަގައި 2022 ގައި އޭނަ މަގާމުން ވަކި ކުރި އިރު، އޭނަ އަކީ އޮކްސްފޯޑް ޔުނިވަސިޓީން ފިލޯސަފީ އެންޑް އިކޮނޮމިކްސް އިން ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
Pakistan's national hero and Former Prime Minister Imran Khan, founder and chairman of Pakistan’s biggest political party PTI, a cricketing legend, a philanthropist and an alumnus of Oxford University, is running for the position of Chancellor of Oxford University, all while… pic.twitter.com/M4BPghvxGG
— PTI (@PTIofficial) August 18, 2024
އޮކްސްޕޯޑް ޔުނިވަސިޓީފެ ޗާންސެލަރުގެ މަގާމަށް އިމްރާން އެޕްލައި ކުރެއްވި އިރު އޭނަ ވަނީ 2005-2014 އަށް ބްރެޑްފޯޑް ޔުނިވަސިޓީގެ ޗާންސެކަރުކަން ވެސް ކުރައްވައިފަ އެވެ.
އިމްރާން، 71، އާންމުންގެ ތެރޭގައި މަޝްހޫރުކަން ހޯދީ ކްރިކެޓް ކުޅުންތެރިއެއްގެ ގޮތުގަ އެވެ.