އައިޖީއެމްއެޗްގައި ހުންނަ މިސްކިތުގައި ތިބި އަންހެނުންތަކަކަށް ޖިންސީ ގުނަވަން ދެއްކި މައްސަލައެއްގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކުރީ މާލެ އަށް ނިސްބަތްވާ 30 އަހަރުގެ މީހެއް ކަމަށެވެ.
މި މައްސަލާގައި އޭނަގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހާފައިވާ އިރު، ބަންދު އަމުރުން އެނގޭ ގޮތުގައި އެ މީހާ އަކީ
މިދިޔަ ޖޫން މަހުގެ ތެރޭގައި މާލޭ ސުކޫލަކަށް ވެސް ވަދެ ޖިންސީ ގުނަވަން ދެއްކިކަމުގެ ރެކޯޑް އޮތް މީހެކެވެ.
ދެހާސް ނަވާރައިގެ ތެރޭގައި ބަންދުފައި ވަނިކޮށް، އައިޖީއެމްއެޗްގެ މިސްކިތް އަލުން މަރާމާތުކޮށް ހުޅުވީ މި އަހަރުގެ މާޗް މަހުގެ ތެރޭގަ އެެވެ.